ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)230-AHI/230/2023/22
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2023
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 18 މޭ 2023 12:00
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މައުނަވީ ތަރިކައިގެ ފޮޓޯ / ވީޑިއޯގްރަފީ ކޮށްދޭނެ ފަރާތެއް ހޯދުން

 

އިޢްލާން

 

މަޢުނަވީ ސަގާފީ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވަނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ކައުންސިލްތަކަށް ކަމަށްވުމުން، ކޮންމެ ރަށަކުން އެރަށެއްގެ މަޢުނަވީ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް، އެފަދަ ތަރިކަތަކުގެ ރަނގަޅު ފެންވަރުގެ ފޮޓޯ / ވީޑިއޮގްރަފީ ބޭނުންވާކަމަށް އެ މަރުކަޒުން އަންގަވާފައިވެއެވެ. 

ވީމާ، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ނަމުގައި މިފަދަ ގޮތަކަށް މަޢުނަވީ ސަގާފީ ތަރިކައިގެ ފޮޓޯ / ވީޑިއޯގްރަފީ ކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2023 މެއި 18 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުވާނަމަ procurement@baa.gov.mv އަށް ދެންނެވިފައިވާ ސުންގަޑީގެކުރިން އީމެއިލް ކުރެއްވުން އެދެމެވެ. މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަންބަރު 6602539 އަށް ގުޅުއްވުން އެދެމެވެ. 

 

10 މޭ 2023