ދިވެހިރާއްޖެ
މި ކޯޕަރޭޝަނުން ހިންގާ އެސް.އެމް.އީ ހަބްގެ ދެވަނަ ފަންގިފިލާގައި ސެލޫން ހިންގައިދޭނެ ފަރާތަކާއި ސްޓެމް އެޑިއުކޭޝަން އޭރިއާއެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
އެސް.އެމް.އީ ހަބަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެންގެވުމުގެ ދަށުން މި ކޯޕަރޭޝަނުގެ ފަރާތުން ހިންގާ ތަނެކެވެ. މި ތަނުގައި ގަސް ވިއްކާ ސަރަހައްދަކާއި، ފޮތް ފިހާރައަކާއި، ކާބޯތަކެތި، އަންނައުނު، ކޮސްމެޓިކްސް އަދި ކުޅޭ އެއްޗެހި ވިއްކާ ކިއޮސްކްތަކުގެ އިތުރުން ހެއަރ އެންޑް މޭކަޕް ސެލޫނެއްވެސް ހުންނާނެއެވެ. މީގެ އިތުރުން މިނީ ސިނަމާއަކާއި ގޭމިންގ އޭރިއާއެއްވެސް މިތަނުގައި ހިމެނިގެންދާނެއެވެ. މިފަދައިން އެކި ދާއިރާތަކުން ވިޔަފާރި ކުރުމުގެ ފުރުސަތު މި ކޯޕަރޭޝަންގެ ފަރާތުން މި ހުޅުވައިލަނީ ވީހާވެސް ގިނަ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް އެހީތެރިވުމަށްޓަކައެވެ.
މިގޮތުން ސެލޫން އަދި ސްޓެމް އެޑިއުކޭޝަން އޭރިއާ ހިންގުމުގެ ފުރުސަތު ހުޅުވައިލެވިފައިވަނީ ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފުކުރައްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަން |
ދުވަސް |
ތާރީޚް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، މ. ކަނީރުވިލާ (ފުރަތަމަ ފަންގިފިލާ) |
އާދީއްތަ |
21 މޭ 2023 |
14:00 |
އަންދާސީހިސާބު ހުށަހެޅުން |
އާދީއްތަ |
28 މޭ 2023 |
14:00 |
އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް procurement@bcc.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށްނަމަ 3330587 އަށް ގުޅުއްވުން އެދެމެވެ.