މަސައްކަތް
ނަންބަރު: (IUL)322-M/322/2023/61
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2023
ޕަބްލިޝްކުރި ގަޑި: 10:12
ސުންގަޑި: 23 މޭ 2023 09:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޯޅަދަނޑު ސަރަޙައްދާއި ޤަބުރުސްތާނު ނޮޅުމަށް ކޯޓޭޝަން ހޯދުން

  1. މިރަށު ބޯޅަދަނޑު ސަރަޙައްދާއި ޤަބުރުސްތާނުން ނޮޅަން ބޭނުންވެއްޖެއެވެ. އެގޮތުން:
  • ޤަބުރުސްތާނު އެތެރޭގައި ހުރި ގަސްތަކުގެ އެތެރެ ހޭޅި ކޮށައި ހޭޅި ޖެހުން އަދި އެތެރެއިން ބިން ފެންނަވަރަށް ޤަބުރުސްތާނު ވިނަ ނޮޅާ ސާފުކުރަންވާނެއެވެ.
  • ބޯޅަދަނޑު ސަރަޙައްދުގައި ހުރި ގަސްތަކުގެ ތިރިކޮށައި ނަގަންޖެހޭ ގަސްގަސް ބުޑާއެކު ނެގުން އަދި ބިން ފެންނަވަރަށް ވިނަ ނޮޅާ ސާފުކުރަންވާނެއެވެ.
  • މިތަންތަނުގެ އެތެރެ ފަޅީގައި ހުރި (ނަގަންޖެހޭ) ކުދިގަސްތައް ބުޑާއެކު ނަގަންވާނެއެވެ.
  • މިތަންތަނުން ނެގޭ އަންދާ ކުނިތައް ކުނި އަންދާ ތަނުގައި އަންދާ ނައްތާލުން އަދި އެހެނިހެން ކުނިބުނިތައް ނަގައި ހަމަޖެހިފައިވާ އުޞޫލުން ނައްތާލަންވާނެއެވެ.
  • ކުނި އެންދުމުގައި އެމަސައްކަތް ކުރާ ފަރާތްތަކާއި ވާހަކަ ދައްކައި ވީހާވެސް ބޮޑަށް މަސައްކަތަށް ދަތިނުވާނެ ގޮތަކަށް ކުރިއަށް ގެންދަންވާނެއެވެ. އަދި އެކި ގަޑިތަކުގައި ކުނި އަންދާތަނަށް ކުނިއަޅައި އެންދުމުގެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.
  1. މިމަސައްކަތާގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 21 މެއި 2022 ވާ އާދީއްތަ ދުވަހުގެ 09:00 އަށް މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ. ކޯޓޭޝަން ހުށަހަޅާނީ 23 މެއި 2022 ވާ އަންގާރަ ދުވަހުގެ 09:00 އަށް މިއިދާރާއަށެވެ.

މިމަސައްކަތުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

16 މޭ 2023