ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267/267/2023/32
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2023
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 31 މޭ 2023 00:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކާއި ގޯޅިތައް ސާފުކޮށް ބެލެހެއްޓުމާއި މަގުމައްޗަށް ހުންނަ ގަސްތައް ކޮށުން:

                      ބައެއް ފަރާތްތަކުން ގޯތި ތެރޭގައި ހައްދާފައިވާ ރުއްގަހުން ގޮތްޕާއި ފަން ތިރިވެފައި ހުރުމާއި، އެކި ފަރާތްތަކުން މަގުމަތީގައި ބަހައްޓާފައިވާ ތަކެތީގެ ސަބަބުން، މަގު ބޭނުންކުރާ ފަރާތްތަކަށާއި ދުއްވާ އެއްޗިއްސަށް އުނދަގޫތައް އަންނަނީ ކުރިމަތިވަމުންނެވެ. ޚާއްޞަކޮށް މިރަށު ސިއްޙީ މަރުކަޒުގައި މިހާރު ބަލިމީހުން އުފުލުމަށް ބޭނުންކުރާ އެންބިއުލާސް މިގޮތަށް މަގުތަކާއި ގޯޅި ތަކަށް ރުއްގަހުން ގޮތްޕާއި ފަން ތިރިވެފައި ހުރުމުން އެންބިއުލާންސް ދުއްވުމުގައި އުނދަގޫތައް އަންނަނީ ވަރަށްބޮޑަށް ކުރިމަތިވަމުންނެވެ.

                     ވީމާ، މަގުގައި ދުއްވާ ތަކެއްޗާއި ހިގާބިގާވެ އުޅޭމީހުންނަށް އުދަގޫނުވާގޮތަށް މަގުމަތީގައި ބަހައްޓާފައި ހުންނަ ތަކެއްޗާއި ރުއްގަހުގެ ފަންތަކާއި ގޮފިތައް އަދި އެހެނިހެން ތަކެތި 31 މެއި 2023 ގެ ކުރިން ނެގުމަށް ދަންނަވަމެވެ. އަދި މަގަށްވާގޮތަށް ހުރި ގަސްތަކުން މަގަށް ނުކުމެފައިވާބައި 15 ފޫޓުގެ އުސްމިނަށް އެ ތާރީޙުގެ ކުރިން ކޮށުމަށް ދަންނަވަމެވެ.

                     ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ

16 މޭ 2023