ކުއްޔަށް ހިފުން
ނަންބަރު: 171-M(F2)/IUL/2023/217
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2023
ޕަބްލިޝްކުރި ގަޑި: 11:03
ސުންގަޑި:
29 މޭ 2023 14:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަޕަރ ނޯތް ޕޮލިސް ރީޖަނަލް ކޮމާންޑަރގެ އެކޮމަޑޭޝަން ހަމަޖެއްސުމަށް އެޕާރޓްމަންޓެއް ކުއްޔަށް ހިފުން
ޕްރޮޖެކްޓް ނަންބަރު |
PC-171/2023/W213 |
ބީލަން ހުށަހެޅުމުގެ ދަޢުވަތު.
- އަޕަރ ނޯތް ޕޮލިސް ރީޖަނަލް ކޮމާންޑަރގެ އެކޮމަޑޭޝަން ހަމަޖެއްސުމަށް 2 ކޮޓަރިއަށް ވުރެން މަދުނޫން ޢަދަދަކަށް ކޮޓަރި ހިމެނޭ އެޕާރޓްމަންޓެއް ފަރުނީޗަރާއިއެކު ކުއްޔަށް ދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިމުއައްސަސާގެ ނަންބަރު 171-M(F2)/AG/2023/188 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ ދެންނެވިފައިވާ އިޢުލާން ބާޠިލްކޮށް، މިއަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްްވުމަށްފަހު އީ-މެއިލް: zh_C1337@police.gov.mv އަށް މެއިލްކޮށް އަދި procurement@police.gov.mv އަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަމްބަރު ލިބުމުންނެވެ.
- ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2023 މެއި 29 ވަނަ ދުވަހުގެ 14:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- މި ޕްރޮޖެކްޓާއި ގުޅިގެން ޕްރީބިޑް ބައްދަލުވުން ނޯންނާނެ ކަމަށް ދަންނަވަމެވެ.
- ބީލަން ހުޅުވުން އޮންނާނީ 2023 މެއި 31 ދުވަހުގެ 13:30 ގައި އަމީނީމަގު، އިސްކަންދަރުކޮށި 1 ގައެވެ. ބީލަންތައް ހުންނަަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕްް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
- ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2023 މެއި 30 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ޕްރޮކިއުމަންޓް
- ދިވެހި ފުލުހުންގެ ޚިދުމަތް
- އަމީނީމަގު ، މާލެ، ދިވެހިރާއްޖެ
- ފޯން: 9790052
- އީ-މެއިލް: zh_C1337@police.gov.mv
- ކޮޕީ: procurement@police.gov.mv
21 މެއި 2023
21 މޭ 2023