ދިވެހިރާއްޖެ
އިޢުލާން
|
ނަންބަރު: Q4-SM/HR/2023/07
ގދ.ގައްދޫ ސިއްޙީމަރުކަޒުގައި ކުރުމަށް ހަމަޖެހިފައިވާ މަރާމާތްތަށް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ގދ.ގައްދޫ ސިއްޙީ މަރުކަޒުގައި ކުރުމަށް ހަމަޖެހިފައިވާ މަރާމާތްތަށް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް ގދ.ގައްދޫ ސިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ބީލަން ހުށަހަޅަންވާނީ ކޮންމެ މަސައްކަތަކަށް ވަކިވަކިންނެވެ.
ތާރީޙް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން (28 މެއި 2023) |
10:00ގައި |
ގދ.ގައްދޫ ސިއްޙީމަރުކަޒު |
އަންދާސީ ހިސާބު ހުށަހެޅުން (30 މެއި 2023) |
10:00ގައި |
ގދ.ގައްދޫ ސިއްޙީމަރުކަޒު |
އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 2014/18) ގައިވާ ގޮތުގެ މަތިން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
އަންދާސީހިސާބު ހުށަހަޅުއްވާނީ ކުންފުނި / ކޯޕަރޭޓިވް އަކުންނަމަ ޕްރޮޕޯސަލް ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ ކުންފުނި / ކޯޕަރޭޓިވްގެ ސިޓީއަކާއިއެކު އެ ތަނުގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަމުގެ ސިޓީއެއް، އަންދާސީހިސާބު ހުށަހެޅުމުގެ ކުރިން ގދ.ގައްދޫ ސިއްޙީމަރުކަޒަށް ހުށަހަޅަންވާނެއެވެ. އެއްވެސް ފަރާތަކަށް އެކަކަށްވުރެގިނަ ފަރާތުގެ ނަމުގައި އަންދާސީހިސާބު ހުށަހެއްނޭޅޭނެއެވެ.
އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގެ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިމަރުކަޒުގެ 6840172 ފޯނަށް މި އިޢްލާން ގެޒެޓްކުރާ ދުވަހުން ފެށިގެން27 މެއި 2023ވާ ހޯމަދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30ން ފެށިގެން މެންދުރުފަހު 14:00 އާއި ދެމެދުއެވެ.
ޕޮއިންޓް ދޭނެ މިންގަނޑު
މަސައްކަތްކުރުމަށް ހުށަހަޅާ އަގު: %80 ޕޮއިންޓް (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
މުއްދަތަށް: ޕޮއިންޓް (އެންމެ ރަނގަޅު ހުށަހެޅުމަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
މަސައްކަތުގެ ތަޖުރިބާ: ޕޮއިންޓް (އެންމެ ގިނަދުވަހު މިބާވަތުގެ މަސައްކަތް ކޮށްފައިވާ ފަރާތަކީ ބެންޗްމާކް ކަމުގައި ބަލައިގެން)
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
1 ޛުލްޤަޢިދާ1444
21 މެއި 2023