ވަޒީފާގެ ފުރުޞަތު
ނަންބަރު: SDFC/HR/IU/2023/9
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2023
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 29 މޭ 2023 14:00
އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިންޓަރންޝިޕް

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ ރިކަވަރީ ޔުނިޓްގައި އިންޓަރންއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލަމެވެ. މި އިންޓަރންޝިޕްގެ ޓާރމްސް އޮފް ރެފެރަންސް މި އިޢުލާނާއިއެކެ އެޓޭޗްކުރެވިފައިވާނެއެވެ. 

އެޕްލިކޭޝަން ހުށަހަޅަންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 29 މެއި 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ބަލައިގަތުމަށް ކަނޑައެޅިފައިވާ ލިންކް: https://sdfcmv.aidaform.com/job-application-form-intern-recovery  ބޭނުންކުރައްވައިގެން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މި ލިންކް މެދުވެރިކޮށެވެ.

މި އިންޓަރންޝިޕްއާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 9:00 އާއި 14:00 އާ ދެމެދު 3026016/ 3026018 ފޯނަށް ގުޅުއްވައި ނުވަތަ careers@sdfc.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

22 މޭ 2023