ޢާންމު މަޢުލޫމާތު
ނަންބަރު: ނަންބަރު: P5C-A/2023/06
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 10:30
ސުންގަޑި:
22 ޖޫން 2023 13:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަގު ކޮމިޓީގެ ދަފްތަރެއް އެކުލަވާލުމާއި ގުޅޭ
ނަންބަރު: P5C-A/2023/06
އިޢުލާން
އަގު ކޮމިޓީގެ ދަފްތަރެއް އެކުލަވާލުމާއި ގުޅޭ
މިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އަގުކުރަން ޖެހޭ ތަންތަނާއި ތަކެތި އަގު ކުރުމަށްޓަކައި މިކޯޓުގައި އަގު ކޮމިޓީގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
- މަސައްކަތް: މިކޯޓުގައި ހިނގާ މައްސަލަތަކާއި ގުޅިގެން އެވަގުތަކު އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުން.
- ބޭނުންވާ ޢަދަދު: 03 (ތިނެއް)
- މަސައްކަތުގެ އުޖޫރަ: އަގުކުރުމުގެ މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/300 (ތިންސަތޭކަ) ރުފިޔާ.
- ޝަރުޠު: ރާއްޖޭގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކޮންމެވެސް އެއްދާއިރާއެއްގެ ހުނަރާއި މަޢުލޫމާތު ހުރި ފަރާތެއްކަމުގައިވުމާއެކު ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.
ވީމާ، މިކޮމިޓީގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެފަރާތްތަކުގެ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، އައިޑީކާޑުގެ ކޮޕީއާއި ވަނަވަރު 22 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
16 ޛުލްޤައިދާ 1444
05 ޖޫން 2023
05 ޖޫން 2023