މަޤާމުގެ ނަން:
|
ހައުސް ކީޕަރ
|
ރޭންކް:
|
SS2/B
|
ސެކްޝަން/ޑިޕާޓްމަންޓް
|
ހައުސް ހޯލްޑް ސެކްޝަން – އެފް އެން ބީ އެންޑް ޖެނެރަލް ސަރވިސް ޔުނިޓް
|
ކްލެސިފިކޭޝަން
|
ސަޕޯޓް ސްޓާފް ގްރޭޑް 2
|
ބޭނުންވާ އަދަދު:
|
1
|
ތަޢުލީމާއި ތަޖުރިބާ:
|
- ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ވެރިއެއްގެ ލަފައާ އިރުޝާދުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީގޭގެ އެތެރޭގެ (ގޯތިތެރެ ހިމެނޭގޮތަށް) އެންމެހާ ތަންތަން ކުނިކަހާ ފޮޅާ ސާފުކޮށް ފެންފޮތިލުން، އެގޮތުން، އިމާރާތުގެ އެތެރެއާއި ސިޑިތަކާއި، ގޯތިތެރެއާއި، ފާޚާނާތަކާއި، ކުޑަދޮރުތަކުގެ ބިއްލޫރިތަކާއި އަލަމާރި، ހަރުގަނޑުފަދަ ތަކެއްޗާއި ފަންކާތައް ފަދަ ތަކެތި ހަމަޖެހިފައިވާ އުޞޫލުގެ މަތިން ސާފުކޮށް ބެލެހެއްޓުން،
- ގަސްތައް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަކާއި އިތުރަށް ބޭނުންވާ ގަސް ހެއްދުމުގެ މަސައްކަތް ޢަމަލީގޮތުން ކުރުން،
- ތަނުގައި ކުރެވޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ދިނުން،
- ތަނުގެ މަސައްކަތްތައް ރޭވިފައިވާ ހުންނަ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް، ރަސްމީ ގަޑީގެ އިތުރަށް އެހެން ވަގުތުތަކުގައިވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ އެމަސައްކަތަކަށް ބަރާބަރަށް ވަގުތު ދިނުން،
- މަތީގައި ބަޔާންވެގެންވާ ކަންކަމުގެ އިތުރުންވެސް ހިންގެވުމާއި ހަވާލުވެ ހުންނެވި ވެރިޔެއްގެ ލަފަޔާއި އިރުޝާދުގެ މަތިން ހަވާލުކުރާ އެންމެހާ މަސައްކަތްތައް ކުރުމާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޭގެ މަސައްކަތްތައް ތަރައްޤީކޮށް ހިންގުމަށް މެނޭޖްމަންޓަށް އެހީތެރިވެދިނުން.
|
މަސައްކަތްކުރަންޖެހޭ ތަން:
|
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީގެ
|
އުޖޫރަ:
|
މަހަކު 3,450 ރުފިޔާ
|
އެލަވަންސް/އިނާޔަތްތައް:
|
- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 100 ރުފިޔާ
- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 2,500 ރުފިޔާ
- ޚާއްޞަ އެލަވަންސްގެ ގޮތުގައި މުސާރައިގެ 45% ރުފިޔާ
- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ
|
ސުންގަޑި:
|
- 6 ޖޫން 2023 އިން 14 ޖޫން 2023 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 އަށް.
|
ވަޒީފާއަށް އެޕްލިކޭޝަން ފޯމް ހުށަހެޅުން އަދި ހުށަހަޅަންޖެހޭ ލިޔުންތައް:
|
ވަޒީފާއަށް އެދި ހުށަހަޅަންވާނީ ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި އޮންލައިން ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެއެވެ.
https://majlis.gov.mv/apply
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ނިންމިކަމުގެ ލިޔުން (އެކްރެޑިޓްކޮށްފައި)
- ތަޖުރިބާ ދަލީލުކޮށްދޭ ވަޒީފާ އަދާކުރާފަރާތުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
- ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓް ތަކުގެ ކޮޕީ
|