ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ ބަނދަރު އަޕްގްރޭޑްކުރުމާއި ސްލިޕްވޭ ހެދުމުގެ މަސައްކަތް ޙަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމް.ޓީ.ސީ.ސީ)ގެ މުވައްޒަފުންގެ އެކަމަޑޭޝަން ފޯރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. އެގޮތުން، ކުންފުނީގެ މުވައްޒަފުން ބޭތިއްބުމަށް 3 ކޮޓަރިއާއި، 3 ފާޚާނާއާއި، ސިޓިންގރޫމް، ބަދިގެ އަދި ކާތަން ހިމެނޭހެން އެކަމަޑޭޝަންއަށް ބޭނުންވާ ގެ 6 މަސްދުވަހުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުންވެއެވެ. އަދި ދެންނެވުނު ޚިދުމަތްތައް އެއްތަނަކުން ހަމަޖެއްސުމަށްވެސް ބޭނުންވެއެވެ. މީގެއިތުރުން، ޕްރޮޖެކްޓްގެ ސުޕަވައިޒަރ ހުރުމަށްޓަކައި 1 ކޮޓަރި 6 މަސްދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށްވެސް ބޭނުންވެއެވެ.
ވީމާ އިސްވެ ދެންނެވުނު އެކަމަޑޭޝަންގެ ކަންކަން ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ޖޫން 2023 ގެ 13:00 ގެ ކުރިން މީލާދީ މަހަކަށް އަގުބަޔާންކޮށް ސިޓީ ހުށައެޅުމަށް ދަންނަވަމެވެ. އަދި ސިޓީއާއެކު ވެރިފަރާތުގެ އައިޑީކާޑު ކޮޕީ ނުވަތަ ވިޔަފާރިއެއްނަމަ ރަޖިސްޓްރީ ކޮޕީ ހުށައެޅުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.
24 ޛުލްޤައިދާ 1444
13 ޖޫން 2023