ދިވެހިރާއްޖެ
އިޢުލާން
އިހަވަންދޫ އެއްގަމު ލައިސަންސް ޓްރެކް ހެދުމަށް ބޭނުންވާ ސިމެންތިއާއި ހިލައާއި ހިލެވެލި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
އިހަވަންދޫ އެއްގަމް ލައިސަންސް ޓްރެކް ހެދުމަށް ބޭނުންވާ ސިމެންތިއާއި، ހިލައާއި ހިލަވެލި ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިޢުލާނާއެކު ގެޒެޓުކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް މެއިލް ކުރައްވާނީ procurement@ihavandhoo.gov.mv އަށެވެ. ފޯނުން ރަޖިސްޓްރީވުމަށް ގުޅުއްވާނީ 6500256 އަށެވެ. އަންދާސީ ހިސާބު ހުށަހަޅާންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް " ހއ.އިހަވަންދޫ އެއްގަމްލައިސަންސް ޓްރެކް ހެދުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް ދިނުމަށް އެދި " އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިޔުއްވާފައެވެ. އަދި ދަންނަވަމެވެ. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މިމަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓު، ފަރުދީ ވިޔަފާރި ފަދަ ތަނަކުން މައުލޫމާތު ސާފުކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ވާނެއެވެ. ބިޑްގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.
ބައިވެރިވާ ފަރާތްތަކުން ކުރަންޖެހޭ މަސައްކަތް |
ބީލަމުގައި ރަޖިސްޓްރީ ކުރުމާއި އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން |
ދުވަސް |
ތާރީޚު |
ގަޑި |
ބީލަމުގައި ރަޖިސްޓަރީ ކުރުން |
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ |
އަންގާރަ |
20 ޖޫން 2023 |
14:00 އަށް |
އަންދާސީހިސާބު ހުށަހެޅުން |
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ |
ބުރާސްފަތި |
22 ޖޫން 2023 |
11:00 ގައި |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
25 ޛުލްޤައިދާ 1444