ދިވެހިރާއްޖެ
އިޢުލާން
|
Q4-SM/HR/2023/10 :ނަންބަރު
ގދ.ގައްދޫ ސިއްޙީމަރުކަޒުގައި ކުރުމަށް ހަމަޖެހިފައިވާ މަރާމާތްތަށް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ގދ.ގައްދޫ ސިއްޙީ މަރުކަޒުގައި ކުރުމަށް ހަމަޖެހިފައިވާ މަރާމާތްތަށް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ބީލަން ހުށަހަޅަންވާނީ ކޮންމެ މަސައްކަތަކަށް ވަކިވަކިންނެވެ.
ތާރީޙް |
ގަޑި |
ތަން |
އަންދާސީ ހިސާބު ހުށަހެޅުން (09 ޖުލައި 2023) |
10:00ގައި |
ގދ.ގައްދޫ ސިއްޙީމަރުކަޒު |
އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އަންދާސީ ހިސާބު ބަލައިގަނެވޭނީ އެކަން ބަޔާންކޮށް ސިޓީއެއް ހުށައެޅުމުންނެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިމަރުކަޒުގެ 6840172 ފޯނަށް މި އިޢްލާން ގެޒެޓްކުރާ ދުވަހުން ފެށިގެން 03 ޖުލައި 2023ވާ ހޯމަދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30ން ފެށިގެން މެންދުރުފަހު 14:00 އާއި ދެމެދުއެވެ.
ޕޮއިންޓް ދޭނެ މިންގަނޑު
މަސައްކަތްކުރުމަށް ހުށަހަޅާ އަގު: %80 ޕޮއިންޓް (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
މުއްދަތަށް: ޕޮއިންޓް (އެންމެ ރަނގަޅު ހުށަހެޅުމަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
މަސައްކަތުގެ ތަޖުރިބާ: ޕޮއިންޓް (އެންމެ ގިނަދުވަހު މިބާވަތުގެ މަސައްކަތް ކޮށްފައިވާ ފަރާތަކީ ބެންޗްމާކް ކަމުގައި ބަލައިގެން)
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
29 ޛުލްޤަޢިދާ 1444
18 ޖޫން 2023