ދިވެހިރާއްޖެ
އިޢުލާން ނަންބަރު: ASND-HCM-IUL-2023-067
މަޤާމް: ސީނިއަރ އޮފިސަރ
ޑިޕާޓްމަންޓް/ސެކްޝަން: އެމްޕެނަލްމެންޓް
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ
މަޤާމުގެ ޝަރުތު:
1. ނާރސިންގ ދާއިރާއިން ނުވަތަ ސިިއްޚީދާއިރާއާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއިން 1 (އެއް) އަހަރުދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
2. ބިޒްނަސް މެނޭޖްމަންޓް ނުވަތަ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއިން 2 (ދެ) އަހަރުދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
3. ނާރސިންގ ދާއިރާއިން ނުވަތަ ސިިއްޚީދާއިރާއާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއިން 2 (ދެ) އަހަރުދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ލޯކަލް އަދި އޯވަސީސް އެމްޕެނަލްމެންޓާ ގުޅުންހުރި އިދާރީ މަސައްކަތްތައް ކުރުން.
- ޚިދުމަތް ދިނުމުގައި ބޭނުންކުރާ ލިސްޓްތައް (މެޑިސިން ލިސްޓް އަދި ސަރވިސް ލިސްޓް) ބެލެހެއްޓުން.
- ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި، ފާރމަސީތަކުން ދޭ ޚިދުމަތްތައް ބަލައި އިންސްޕެކްޝަންކުރުމާއި އެއާގުޅޭ ރިޕޯޓް ތައްޔާރު ކުރުން.
- ސާރވިސްތަކުގެ އަގުތައް ޑިޕާޓްމަންޓް މުވައްޒަފުންނާއި އެކީ މަޝްވަރާކޮށް ކޮމެޓީއަށް ހުށައެޅުން.
- ކަމާބެހޭ އިދާރާތަކާއި، ސާރވިސް ޕްރޮވައިޑަރސްގެ ޝަކުވާތައް ބަލައިގަތުމާއި އަދި ސާފުކުރަން ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން.
- ސެކްޝަންގެ ލިޔެކިޔުންތައް ދުވަހުން ދުވަހަށް އެންޓްރީކޮށް ޑިސްޕެޗް ކުރުމާއި، ލިޔެކިޔުންތަކާއި ގުޅޭ ރެކޯޑްސް ފައިލްކޮށް ބެލެހެއްޓުން.
- މީގެ އިތުރުން ޑިޕާޓްމަންޓްގެ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
އެހެނިހެން ހުނަރު:
- މައިކްރޯސޮފްޓް އެޕްލިކޭޝަންސްތައް (ހާއްސަކޮށް މައިކްރޯސޮފްޓް އެކްސެލް) ބޭނުންކުރަން އެނގުން
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން
މުސާރައާއި އިނާޔަތް :
- -/15،200 ރުފިޔާ
- ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
- ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް.
ކުރިމަތިލުމުގެ ސުންގަޑި: 25 ޖޫން 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، jobs@aasandha.mv އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމު އަދި ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
https://aasandha.mv/dv/downloads/job-application-forms
ޚާއްޞަ ސަމާލުކަމަށް:
- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
އިތުރު މަޢުލޫމާތު:
- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.