ދިވެހިރާއްޖެ
އިޢުލާނު
1444 ވަނަ އަހަރުގެ އަޟްހާ އީދު އިހަވަންދޫގައި ފާހަގަ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ
1444 ވަނަ އަހަރުގެ އަޟްހާ އީދު އިހަވަންދޫގައި ފާހަގަ ކުރުމުގެ ގޮތުން، އީދާ ގުޅޭ ހަރަކާތްތަށް ހިންގާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާތީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިއަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާނީ އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާ ދެ ފަރާތަކަށެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ފަރާތްތައް: ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 2003/1) ގެ ދަށުން ރަޖިސްޓުރީ ކޮށްފައިވާ ހއ.އިހަވަންދޫގައި ހަރަކާތްތެރިވަމުންދާ ޖަމްޢިއްޔާތަކަށް އެކަންޏެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތަކުން މިއިޢުލާނާ އެއްކަރުދާސް ކޮށްފައިވާ ނަމޫނާ ޕްރޮޕޯސަލް އާ އެއްގޮތަށް، 2023 ޖޫން 22 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ.
މި އިޢުލާނާއި އެކު މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކޮށްފައިވާނެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
01 ޛުލްޙިއްޖާ 1444