ދިވެހިރާއްޖެ
މިމަރުކަޒުގެ ނަންބަރު (IUL)FMHC/2023/07 ( 08 ޖޫން 2023) ގައި މިމަރުކަޒުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. އަންދާސި ހިސާބުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ފަރާތްތަކަށެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 09 ޖުލައި 2023 ވަނަ ދުވަހުގެ 11:00ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ސްލިޕް މިމަރުކަޒަށް ވަޑައިގެން ނުވަތަ އީމެއިލްfaresmaathoda.hc@asmh.gov.mv މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
ބީލަމަށް ރަޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
# |
ތަފްސީލް |
ތާރީޚް |
ގަޑި |
1 |
މަޢުލޫމާތު ދިނުން |
09 ޖުލައި 2023 |
11:00 |
2 |
އަންދާސީ ހިސާބު ހުށަހެޅުން |
20 ޖުލައި 2023 |
11:00 |
އަންދާސީ ހިސާބު ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި އިއުލާނު ނަންބަރާއި އަންދާސީ ހިސާބުގެ ނަން " ފަރެސްމާތޮޑާ ސިއްޙީމަރުކަޒުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ" އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. މިއިޢުލާނާ ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.