ދިވެހިރާއްޖެ
ވަންދޫ ސްކޫލުގެ ދެކުނުން ކުޑަކުދިންގެ ޕާކު އެޅުމަށް ކައުންސިލުން ކަނޑައަޅާފައިވާ ބިމަށް އިތުރުކުރެވިފައިވާ ސަރަހައްދުގައި ނަންބަރުޖެހިފައިހުރި ރުއްގަހުގެ ވެރީން ހޯދަންބޭނުންވެއެވެ. ވީމާ، ރުއް ނުވަތަ ގަހުގައި ޖެހިފައިވާ ނަންބަރާއި ވެރިފަރާތް އެނގޭނޭހެން 6 ޖުލައި 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުންއެދެމެވެ. މިއިޢުލާނާއިއެކު ރުއްގަހުގެ ލިސްޓް އާއްމުކުރެވިފައި ވާނޭކަމުގައި ދެންނެވީމެވެ. މިސަރަހައްދުގައިވާ ރުއްގަހުގެ ވެރީން ހޯދުމަށް ތަކުރާރުކޮށް އިޢުލާނުކުރެވިފައިވާތީމިމުއްދަތުގެ ތެރޭގައި ވެރިފަރާތުން ރުއްގަހުގެ މަޢުލޫމާތު މިއިދާރާއަށް އަންގާފައިނުވާ ރުއްގަހަކީ ބަންޑާރާ ރުއްގަސްކަމުގައި ބަލައި މިތަކެއްޗާއިމެދު އަމަލުކުރެވޭނޭކަމުގައި ދަންނަވަމެވެ.
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަންބަރު 7980047 ފޯނާގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.