މަސައްކަތް
ނަންބަރު: (IUL)14-PR/1/2023/45
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 09 ޖުލައި 2023 14:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސް ބިލްޑިންގ ގެ 6 ވަނަ ފަންގިފިލާގައިވާ 2 ފާޚާނާ މަރާމާތްކުރުމާބެހޭ

މިއޮފީހުން ދޭ މައުލޫމާތާއި އެއްގޮތަށް، ކަސްޓަމްސް ބިލްޑިންގ ގެ 6 ވަނަ ފަންގިފިލާގައިވާ 2 ފާޚާނާ މަރާމާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި އިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ މައުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތިން މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 05 ޖުލައި 2023 ވާ ބުދަ ދުވަހުގެ 14:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް އެދި ހުށައަޅުއްވާ ފަރާތްތަކަށާއި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

ބީލަމުގައި ރަޖިސްޓްރީވުމަށް (procurement@customs.gov.mv) އަށް 05 ޖުލައި 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މެއިލް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334272 ފޯނަށް ގުޅުއްވުން އެދެމެވެ.

26 ޖޫން 2023