ދިވެހިރާއްޖެ
އިޢުލާން
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ތެޔޮ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވޭ
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ބޭނުންކުރާ އުޅަނދު ފަހަރަށާއި، ބެކަޕް ޖަނަރޭޓަރ ސެޓަށް ބޭނުންވާ ތެޔޮ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވުނު އިޢުލާން ނަންބަރު: TENDER/URH/2023/32 އާއި ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީވެ، އެ އިޢުލާން ބާޠިލުކޮށް އަލުން މިހޮސްޕިޓަލަށް ބޭނުންވާ ތެޔޮ 1 (އެކެއް) އަހަރުގެ މުއްދަތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ނަންނޯޓް ކުރުމާއި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ނަންނޯޓް ކުރެއްވުން |
ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް މެދުވެރިކޮށް) ތާރީޚް: (މުއްދަތު) – 02 ޖުލައި 2023 އާދިއްތަ ދުވަހުން ފެށިގެން 10 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް. އީމެއިލް: tender@urh.gov.mv ފޯނު ނަންބަރ: 6583712 |
އަންދާސީ ހިސާބު ހުށައެޅުއްވުން |
އަންދާސީ ހިސާބު ހުށަހަޅަންޖެހޭނީ ތިރީގައިވާ ދުވަހުގެ އެގަޑިއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ. ތާރީޚް: 13 ޖުލައި 2023 ވާ ބުރާސްފަތި ދުވަސް ގަޑި: 13:00 (މެންދުރުފަހު) |
މިއިޢުލާނާއި ގުޅޭ މައުލޫމާތު ޝީޓް އެޓޭޗްމަންޓުގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި ނަންނޯޓް ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6583712 އަށް ގުޅުއްވުން އެދެމެވެ.
02 ޖުލައި 2023
14 ޛުލްޙިއްޖާ 1444