ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ފިނޭގެ ބަނދަރުމަގުގެ ދެކުނަށް އަލަށް ހެދި މަގުގައި ޖެހުމަށް ބޭނުންވާ 30 (ތިރީސް) މަގުބައްތި ދަނޑި މި ކައުންސިލުން ފޯރުކޮށްދޭ ސްޕެސިފިކޭޝަނާ އެއްގޮތަށް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެ، މިކައުންސިލުން ކޮށްފައިވާ ނަންބަރު (IUL)259/2023/50 (25 މެއި 2023) އިޢުލާނާ ގުޅިގެން ހުށަހަޅައިވާ އަގަކީ އެކަށީގެންވާވަރަށްވުރެ ބޮޑު އަގެއްކަމުގައިފެންނާތީ، އެ އިޢުލާނު ބާތިލްކުރުމަށްފަހު، ފިނޭގެ މަގުތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ 30 (ތިރީސް) މަގުބައްތި ދަނޑި ފޯރުކޮށްދޭނެ ފަރާތެއް ހޯދުންމަށް އަލުން އިޢުލާނުކުރަމެވެ.
ބީލަން ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ޤާނޫނު ނަންބަރު: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 03 ޖުލައި 2023 އިން 05 ޖުލައި 2023 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:00 އާއި ދެމެދުއެވެ. ބީލަމަށް ރަޖިސްޓްރީ ކުރެވޭނީ މިއިދާރާއަށް ވަޑައިގެން ނުވަތަ ނުވަތަ މެއިލްކޮށްގެނެވެ. ރަޖިސްޓްރޭޝަން ފީ އެއްގެ ގޮތުގައި 50/- (ފަންސާސް ރުފިޔާ) ގެ ނޮން-ރީފަންޑަބަލް ފީއެއް ނެގޭނެއެވެ. އަދި، ބީލަމުގައި ރަޖިސްޓްރީކުރެވުނީކަމުގައި ބަލާނީ، ރަޖިސްޓްރޭޝަން ފީ ދެއްކުމުންނެވެ. މެއިލް މެދުވެރިކޮށް ފޮނުއްވާނީ info@finey.gov.mv އަށެވެ.
ރަޖިސްޓްރީކުރުމަށް ފައިސާ ފޮނުވަންވީ އެކައުންޓްގެ ތަފްސީލު:
އެކައުންޓް ނަން : Revenue 1
އެކައުންޓް ނަންބަރު: 7706700422001
ރަޖިސްޓަރ ކުރެއްވުމަށް މެއިލްގައި ހިމަނަންޖެހޭ / މިއިދާރާއަށް ވަޑައިގެން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު:
1- އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
2- ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން
3- ގުޅޭނެ ފޯނު ނަންބަރު
4- ޓްރާންސްފަރ ސްލިޕް
4- އީމެއިލް އެޑްރެސް
5- މެއިލް ފޮނުވާ ފަރާތް / އިދާރާއަށް ވަޑައިގަންނަވާ ފަރާތުގެ ނަމާއި ޙައިސިއްޔަތު
- ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީއެއް މެއިލްގައި އެޓޭޗް ކުރަންވާނެއެވެ.
މި ބީލަމާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް ރަޖިސްޓްރީކުރެއްވުމުން، މި ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭނެއެވެ. އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
މި ބީލަމާއި ގުޅޭ އެއްވެސް ސުވާލެއްވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް 06 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.
މަގުމަތީ ބައްތި ދަނޑި ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ
12 ޖުލައި 2023 ވާ ބުދަ ދުވަހުގެ 11:30 އެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ އެވެ.
އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 12 ޖުލައި 2023 ވާ ބުދަ ދުވަހުގެ 11:30 ގައި، މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި މަސައްކަތަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި، އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ.
ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްޞީލާއި، އެހެނިހެން މަޢުލޫމާތު ބިޑް ޑޮކިއުމަންޓްގައި ހިމަނާފައިވާނެއެވެ.
އިތުރުމަޢުލޫމާތު ހޯއްދެވުމަށް، info@finey.gov.mv އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ 6520027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.