ކުއްޔަށް ހިފުން
ނަންބަރު: 134-BUSS/I/2015/07
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 17:35
ސުންގަޑި: 12 ފެބުރުވަރީ 2015 15:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ފެރީދޯނި ކުއްޔަށް ހިފުމާބެހޭ

މިކުންފުނިން ހިންގާ ހުވަދޫ ފެރީ ނިޒާމުގައި ބޭނުންކުރުމަށް ދޯންޏެއް އަމިއްލަ ފަޅުވެރިންނާއެކު 1 އަހަރު ދުވަހަށް ކުއްޔަށް ހިފަން ބޭނުންވެއެވެ. މިގޮތުން ކުއްޔަށް ހިފާ ދޯނި ކުއްޔަށް ހިފުމަށް ހަމަޖެހިފައިވަނީ ދޯނީގެ ސަލާމަތީ ސެޓުފިކެޓުގައި ބަޔާންކޮށްފައިވާ ކެޕޭސިޓީއަށް ކޮންމެ ޝީޓަކަށް މަހަކު -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާގެ ރޭޓުންނެވެ. ކުއްޔަށް ދިނުމަށް ހުށަހަޅާ ދޯނީގައި މަދުވެގެން 75 މީހުންގެ ޖާގަ ހުންނަންވާނެއެވެ. އަދި އެ ދޯންޏަކީ ފެރީކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ މުއްދަތު ހަމަނުވާ ސަލާމަތީ ސެޓުފިކެޓެއް އޮންނަން ދޯންޏަކަށް ވާންވާނެއެވެ.

ވީމާ، މަތީގައި ބަޔާންކޮށްފައިވާ އުސޫލުގެމަތިން ފެރީ ދޯންޏެއް ކުއްޔަށް ދޭން ބޭނުންވާ ފަރާތްތަކުން 12 ފެބުރުވަރީ 2015 (ބުރާސްފަތި) ދުވަހުގެ 15:00 ގެ ކުރިން މިފްކޯ ހެޑްއޮފީހަށް ނުވަތަ މިކުންފުނީގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 7466088/ 9992125 މިނަންބަރުތަކަށް ގުޅުއްވުން އެދެމެވެ.

01 ފެބުރުވަރީ 2015