ބީލަން
ނަންބަރު: FSM-ADV/2023/047
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 12:43
ސުންގަޑި:
17 ޖުލައި 2023 12:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދޭ ޑިޒައިނާ އެއްގޮތަށް 12,000 ޓޯޓު ބޭގު ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނު ނަމްބަރ: FSM-ADV/2023/37 އަށް ލިބިފައިވާ ސާމްޕަލް ރަނގަޅު ކަމަށް ނުފެންނާތީ އެއިޢުލާނު ބާތިލްކޮށް އަލުން މިފުރުޞަތު ހުޅުވާލަމެވެ.
- ރެޖިސްޓްރޭޝަން: 17 ޖުލައި 2023 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން tenders@fsm.mv އަށް އީމެއިލްކުރައްވާ، ރެޖިސްޓަރ ކުރެއްވުން އެދެމެވެ.
އީމެއިލްގައި ތިރީގައި މިދަންނަވާ މަޢުލޫމާތު ހިމަނުއްވަންވާނެއެވެ.
- ބިޑަށް ކުރިމަތިލައްވާ ފަރާތުގެ ނަން
- ގުޅޭނެ ނަންބަރު އަދި އީމެއިލް
- ބީލަން ހުށަހަޅުއްވާ ފަރާތް ތަމްސީލު ކުރާނެ ފަރާތް އަދި މަޤާމް
- ބީލަމުގެ އިޢުލާނު ނަންބަރ
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެއެވެ.
- ބީލަން ހުށަހެޅުއްވުމާއި ހުޅުވުން: ބީލަން ހުށަހެޅުއްވުމާއި ހުޅުވުން އޮންނާނީ 23 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި ތިރީގައިމިވާ އެޑުރެހުގައެވެ.
6 ވަނަ ފަންގިފިލާ
އެފް.އެސް.އެމް ބިލްޑިންގ،
ބޮޑުތަކުރުފާނު މަގު، މާލެ
މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު، އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
14 ޖުލައި 2023