ދިވެހިރާއްޖެ
މި ސަރވިސް ދަށުން ހިނގަމުންދާ ކ.ހިންމަފުށީ އައްސޭރިޖަލުގައި ޙުކުމް ތަންފީޛު ކުރަމުންދާ މީހުންނާއި، އެޖަލުގައި މަސައްކަތްކުރާ މުވައްޒަފުން، މާލެއާއި ހިންމަފުށްޓާ ދޭތެރޭ ދަތުރުކުރާނެ ދޯންޏެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)167-CC/PR/1/2015/4) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ އަލުން އިޢުލާން ކުރަމެވެ.
މި ސަރވިސް ދަށުން ހިނގަމުންދާ ކ.ހިންމަފުށީ އައްސޭރިޖަލުގައި ހުކުމް ތަންފީޛު ކުރަމުންދާ މީހުންނާއި، އެޖަލުގައި މަސައްކަތްކުރާ މުވައްޒަފުން، މާލެއާއި ހިންމަފުށްޓާ ދޭތެރޭ ދަތުރުކުރާނެ ދޯންޏެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މިއޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
15 ފެބުރުވަރީ 2015 |
އާދީއްތަ |
11:00 |
އަންދާސީހިސާބު ހުށަހެޅުއްވުން |
19 ފެބުރުވަރީ 2015 |
ބުރާސްފަތި |
11:00 |
23 ރަބީޢުލްއާޚިރު 1436