ބީލަން
ނަންބަރު: (IUL)307/INDIV/2023/51
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 21:16
ސުންގަޑި:
31 ޖުލައި 2023 13:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަގު ބައްތިތަކާއި ބަނދަރު ބައްތިތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
ނަންބަރު:IUL307/INDIV/2023/51
ރަށުގެ މަގު ބައްތިތަކާއި ބަނދަރު ބައްތިތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މިއިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރަޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް info@innamaadhoo.gov.mv އަށް މެއިލްކުރެއްވުމުން ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލް ކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަން ޔަޤީން ކުރަންވާނީ ރަޖިސްޓްރީ ނަންބަރ ލިބުމުންނެވެ.
- ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުގެ ވަގުތަކީ 2023 ޖުލައި 23 ވާ އާދިއްތަ ދުވަހުގެ 14:00 އެވެ. މިގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
- ޕްރީ-ބިޑް ބައްދަލުވުން 2023 ޖުލައި 24 ވާ ހޯމަ ދުވަހު މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލް އިދާރާގައި ބޭއްވޭނެއެވެ.
- ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރ 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަންބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ބީލަން ހުޅުވުން އޮންނާނީ 2023 ޖުލައި 31 ވާ ހޯމަ ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ހަމަޖެހިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި ކަނޑައެޅިފައިވާ މުއްދަތުގައި ބިލަމުގައި ރެޖިސްޓްރީވެފައިނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
- މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2023 ޖުލައި 22 ވަނަ ދުވަހުގެ 23:59 ގެ ކުރިން ސާފުކުރެއްވުން އެދެމެވެ.
- އިތުރު މައުލޫމާތު ސާފުކުރެއްވުމަށް:
ފޯން: 6580052 / 9122102 / 7801241
އީމެއިލް: info@innamaadhoo.gov.mv
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
16 ޖުލައި 2023
16 ޖުލައި 2023