ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)374-A/374/2023/27
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 12:09
ސުންގަޑި: 31 ޖުލައި 2023 12:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އޮފިސަރ މަޤާމަށް މީހަކު ހޯދުމަށް

ނަންބަރ: (IUL)374-A/374/2023/27

މިއިދާރާގެ މިދަންނަވާ  މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

އިޢުލާނު

މަޤާމު:

ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-384355

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނިލަންދެ އަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ / ފ. ނިލަންދޫ

މުސާރަ:

މަހަކު 5,610/- ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000/- ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސް ފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އަދި ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ.
  4. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 700/- ރުފިޔާ ލިބޭނެއެވެ. 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ރަށުކައުންސިލް އިދާރާއާއި އިދާރާގެ މުވައްޒަފުންނާއި އިދާރާގެ ބެލުމުގެ ދަށުގައިވާ ސިވިލް ސަރވިސް މުވައްޒަފުންނާއި އަދި އެހެނިހެން މުވައްޒަފުން އަދި ކައުންސިލް މެމްބަރުންނާ ގުޅޭ ތިރީގައި މިދަންނަވާ ކަންތައްތައް ފުރިހަމަކޮށް ބެލެހެއްޓުން.
  • މުވައްޒަފުންގެ ރަޖިސްޓްރީ އާއި ސަލާމާއި ޗުއްޓީގެ ރެކޯޑު ފޮތް ދުވަހުން ދުވަހަށް ފުރިހަމަކޮށް ބެލެހެއްޓުން.
  • ކައުންސިލްގެ ރަޖިސްޓްރީގައިވާ ސިވިލް ސަރވިސް މުވައްޒަފުންގެ މަޢުލޫމާތު ސިވިލް ސަރވިސް ކޮމިޝަންގެ އުޞޫލުތަކާއެއްގޮތަށް ސީއެސް ވިއުގަރ 2.0 އަށް އަދާހަމަކުރަމުން ގެންދިއުން.
  • ކޮންމެ މީލާދި މަހެއް ފެށުމުގެ 1 ދުވަސްކުރިން ކުރިއަށް އޮތް މަހުގެ މުވައްޒަފުންގެ ޙާޟިރީ މާލިއްޔަތު ޤަވާޢިދުގެ 7.10 ގައިވާ ގޮތުގެ މަތިން ތައްޔާރުކުރުން. އަދި މަސް ނިމުމުން ނިމުނުފޮތުގެ ޙާޟިރީ ރިޕޯޓް ތައްޔާރުކުރުން.
  1. ކައުންސިލް މެމްބަރުންނާއި، ކައުންސިލް އިދާރާގެ މުވައްޒަފުން އަދި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މުވައްޒަފުންގެ ތެރެއިން ކޮންމެ މުވައްޒަފަކަށް ވަކިފައިލެއް ތައްޔާރުކޮށް މުވައްޒަފުންނާ ގުޅިގެން ހުށަހެޅޭ އެންމެހައި މައްސަލަތައް އެ މުވައްޒަފެއްގެ ޕާސަނަލް ފައިލުގައި ދުވަހުން ދުވަހަށް ފައިލުކުރަމުން ގެންދިއުން. އަދި ސިވިލް ސަރވިސް ޤަވާޢިދު 2014 ގައިވާ ގޮތުގެމަތިން ފައިލުތަކުގެ ރެކޯޑުތައް ބެލެހެއްޓުން.
  2. މިސްކިތު ދާއިމީ އިމާމުންނާއި ވޭޖު އިމާމުންގެ ރެކޯޑުސްތައް މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒުން ކަނޑައަޅާ ގޮތެއްގެމަތިން ބެލެހެއްޓުމާއި، އެމިނިސްޓްރީގެ ބޭނުމަށް ފޮނުވަން ޖެހޭ އެންމެހައި ރިޕޯޓްތައް މިނިސްޓްރީ އިން އަންގާ ގޮތެއްގެމަތިން ތައްޔާރުކޮށް ފޮނުވުން.
  3. ކޮންމެ މީލާދީ މަހެއްގެ 15 ވަނަ ދުވަހުގެ ފަހުން އަންނަ ފުރަތަމަ ރަސްމީ ދުވަހުގައި ކުރީ މަހުގެ 16 ން ހިނގާމަހުގެ 15 ގެ ނިޔަލަށް ކައުންސިލް މެމްބަރުންނާއި މުވައްޒަފުންގެ ޙާޟިރީ ރިޕޯޓް ތައްޔާރުކޮށް ބަޖެޓަށް ފޮނުވުން.
  4. ކައުންސިލުން ހުސްވާ މަޤާމުތަކަށް މީހުން ހޯދުމާއި ވަކިވަން ހުށަހަޅާ މުވައްޒަފުންގެ ކަންތައްތައް ސެކެޓްރީޖެނެރަލް އާއި ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން ސިވިލް ސަރވިސް އުޞޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުން. އަދި ސީއެސް ވިއުގަރ 2.0 އަށް އަދާހަމަކުރަމުން ގެންދިއުން.
  5. ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކައުންސިލަރުންނާއި ޒިންމާދާރުވެރިޔާގެ ވޭތުވެދިޔަ މަހުގެ ޙާޟިރީ ރިޕޯޓް ތައްޔާރުކޮށް އަތޮޅުކައުންސިލަށް ފޮނުވުން.  
  6. މިސްކިތްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ ދުވަސްތަކުގައި މަސައްކަތްކުރުމަށް، ކޮންމެ މީލާދީ އަހަރެއް ފެށުމުގެކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ ގޮތެއްގެ މަތިން މިސްކިތު އިމާމުންގެ ޕޫލަކާއި، މަސައްކަތު މީހުންގެ ޕޫލެއް ކަނޑައެޅުމަށް މީހުން ހޯދުމަށް އިޢުލާން ކުރުން.
  7. މިސްކިތު މުވައްޒަފުން ޗުއްޓީ ނެގުމުން ޕޫލަށް ނެގިފައިވާ ފަރާތްތަކުގެ ތެރެއިން މީހަކު ޗުއްޓީ ނެގި މުވައްޒަފުގެ މަސައްކަތަށް ހަމަޖައްސައި އެފަރާތަކަށް އެކަން އެންގުން. އަދި މަސައްކަތަށް ނެރޭ ފަރާތާއި ކައުންސިލާ ދެމެދު ވޭޖް މަސައްކަތު އެއްބަސްވުން ހަދައި ސޮއިކޮށް އެފަރާތާ އެއްބަސްވުން ޙަވާލުކުރުން. އަދި އިމާމުންގެ ޕޫލާއި، މަސައްކަތު މީހުންގެ ޕޫލުގެ ރެކޯޑުސްތައް ވަކިވަކިން ބެލެހެއްޓުން.
  8. މުވައްޒަފުންގެ ވަޒީފާއާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ފައިލުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  9. ރަށުކައުންސިލް އިދާރާގެ ޓްރެއިނިންގ ރިކްވަޔަމެންޓް ތައްޔާރުކޮށް ބެލެހެއްޓުމާއި މުވައްޒަފުންގެ ޓްރެއިނިންގ ކަންތައްތައް ބެލެހެއްޓުން.
  10. ރަށުކައުންސިލް އިދާރާގެ އޮގަނައިޒޭޝަން ޗާޓް ތައްޔާރުކުރުން.
  11. ސަރުކާރު ރަސްމީ ދުވަސްތަކުގައި އިދާރާ ހުޅުވައި ލެއްޕުމުގެ އިންތިޒާމް ހަމަޖެއްސުން. މިގޮތުން ކޮންމެ މީލާދީ މަހެއް ފެށުމުގެ 1 ދުވަސްކުރިން އިދާރާ ހުޅުވާ ލައްޕާނެ ގޮތުގެ ޓޭބަލް ތައްޔާރުކޮށް އެތެރޭގެ ނޯޓިސް ބޯޑުގައި ޢާންމުކުރުން.
  12. ހަމަޖެހިފައިވާ އުޞޫލުން އިދާރާ ހުޅުވައި ލެއްޕުން.
  13. ދަޢުލަތުގެ މުވައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ވަޒީފާ ބަޔާނާ ގުޅުންހުރި ކަންކަމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  14. މުވައްޒަފުގެ މަސައްކަތާ ގުޅޭގޮތުން ލިޔާ ސިޓީ، މެސެޖު، ފަދަ ތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޮނުވައި، މަދުވެގެން ހަފްތާއަކު އެއްފަހަރު ތަރުތީބުން ފައިލްކުރުން.
  15. މުވައްޒަފުގެ މަސައްކަތާ ގުޅޭގޮތުން ލިބޭ ސިޓީ، މެސެޖު، ފަދަ ތަކެތީގެ ތެރެއިން މަޝްވަރާ ނުހޯދައި ޖަވާބުދެވެން ހުންނަ ލިއުންތަކަށް ލަސްވެގެން 3 ދުވަހުގެ ތެރޭގައި ޖަވާބު ދިނުމާއި، މަޝްވަރާ ހޯދަންޖެހޭ ލިޔުންތައް މަޝްވަރާ ކުރުމަށްޓަކައި ޔުނިޓުގެ ސުޕަވައިޒަރާ ދުވަހުން ދުވަހަށް ހަވާލުކުރުން. އަދި މަޝްވަރާ ލިބުމުން އެފަދަ މައްސަލަތަކަށްވެސް ލަސްވެގެން 3 ދުވަހުގެ ތެރޭގައި ޖަވާބު ދިނުން.
  16. މުވައްޒަފުގެ މަސައްކަތަކާއި ގުޅޭގޮތުން އެކި ފަރާތްތަކުން ކައުންސިލަށް ފޮނުވާ ލިޔުންތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ޖަވާބު ހޯދުމަށް ފޮނުވާ ލިޔުންތަކަށް މުއްދަތުގައި ޖަވާބުދިނުން. އަދި ކައުންސިލުން އެކި ފަރާތްތަކަށް ފޮނުވާ ލިޔުންތަކުގެ ތެރެއިން ޖަވާބު ނުލިބި ލަސްވާ ލިޔުންތަކަށް ޖަވާބު ހޯދުމަށް މަދުވެގެން މަހަކު އެއްފަހަރު ލިޔުން ފޮނުވުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އެކައުންޓިންގ، އެޑްމިނިސްޓްރޭޝަން، އެގްރިކަލްޗަރަލް ސައިންސް، އެންތްރޯޕޮލޮޖީ، އާކިޓެކްޗަރ، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ސިވިލް އިންޖިނިއަރިންގ، ކޮމާސް، ކޮމިޔުނިޓީ ޑިވެލޮޕްމަންޓް، ކޮމްޕިއުޓަރ ސައިންސް، ކައުންސިލް އެޑްމިނިސްޓްރޭޝަން، ކަލްޗަރ އެންޑް ހެރިޓޭޖް، ޑިމޮގްރަފީ، ޑިވެލޮޕްމަންޓް ސްޓަޑީޒް، އިކޮނޮމިކްސް، އެޑިއުކޭޝަން، އެންވަޔަރަންމެންޓަލް ސައިންސް، ފައިނޭންސް، ގަވަރނަންސް، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް، ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް، ހިއުމަން ރިސޯސް، އިންފޮމޭޝަން ޓެކްނޮލޮޖީ، އިންޓަނޭޝަނަލް ރިލޭޝަންސް، ލޯ، ލީޑަރޝިޕް، ލައިބްރަރީ ސައިންސް، ލޯކަލް ގަވަރނަންސް، މެނޭޖްމަންޓް، މެރިން ސައިންސް، މާކެޓިންގ، އޮފީސް އެޑްމިނިސްޓްރޭޝަން، ޕޮލިސީ ސްޓަޑިޒް، ޕްރޮޖެކްޓު މެނޭޖުމަންޓު، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މޭނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ޕަބްލިކް ރިލޭޝަންސް، ޝަރީޢާ އެންޑް ލޯ، ސޯޝަލް ސައިންސް، ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ، ސްޕޯޓްސް މެނޭޖްމަންޓް، ސްޓެޓިސްޓިކްސް، ސްޓްރަކްޗަރަލް އިންޖިނިއަރިންގ، ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް، އަރބަން ޕްލޭނިންގ،  އާބަން ސްޓަޑީޒް      

 3. މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

   އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. އަސާސީ ޝަރުތު ހަމަވުން 30%
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު 5%
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް. 5%
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ. 5%
  5. އެސެސްމަންޓް (އިމްތިހާނު ނުވަތަ ޕްރެކްޓިކަލް) 20%
  6. އިންޓަރވިއު 35%

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ޖުލައި 31 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް info@faafnilandhoo.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނު/ޕްރެކްޓިކަލް އޮންނާނީ، 2023 އޮގަސްޓް 05 އާއި 08 އާ ދެމެދު، ފ. ނިލަންދޫ ކައުންސިލްގެ އިދާރާގައެވެ.  

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740016 އަށެވެ. އީ-މެއިލް ކުރާނީ info@faafnilandhoo.gov.mv އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމަންޓް އުޞޫލު" (https://csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

20 ޖުލައި 2023