ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)166/166/2015/13
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:28
ސުންގަޑި: 22 ފެބުރުވަރީ 2015 14:30
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މުއްދަތު

3 (ތިނެއް) މަސްދުވަސް

ބޭނުންވާ އަދަދު 

1 (އެކެއް)

ސެކްޝަން

އެޑްމިން ސެކްޝަން

މުސާރަ

- މަސައްކަތްކުރާ ކޮންމެ ދުވަހަކަށް /-270 ރުފިޔާ (ދުވާލަކު 7 ގަޑިއިރު) 

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ތަޢުލީމާއި ތަޖުރިބާ

- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މަސައްކަތް

  1. މިނިސްޓަރުގެ ނައިބުގެ އަރިހަށް އަންނަ ސިޓީފަދަ ތަކެތި އައުމުން، އެތަކެތ ބަލައިގަނެ، ނައިބުގެ އަރިހަށް ގެންދިއުމާއި، އަންގަވާ ގޮތެއްގެ މަތިން ކަމާބެހޭ ފަރާތްތަކާ އެތަކެތި ހަވާލުކުރުން.
  2. މިނިސްޓަރުގެ ނައިބުގެ އަރިހަށް އެޕޮއިންޓްމަންޓްތަކުގައި އަންނަފަރާތްތަކަށް، ނައިބު ހަމަޖައްސަވާ ގޮތެއްގެ މަތީން އެޕޮއިންޓްމަންޓް ހަމަޖެއްސުން.
  3. މިނިސްޓަރުގެ ނައިބުގެ އަރިހަށް އަންނަ ތަކެއްޗާއި، މިނިސްޓަރުގެ ނައިބު ސީދާ ބަލަހައްޓަވާ މަސައްކަތްތައް ނިންމެވުމުން ފައިލްކޮށް ބެލެހެއްޓުން.
  4. މިނިސްޓަރުގެ ނައިބުގެ ކޮޓަރިކޮޅު ހުޅުވައި ލެއްޕުމާއި، ފޮޅައި ސާފުކޮށްފައިވޭތޯ ބެލުން.
  5. ސެކްޝަނުގެ މުވައްޒަފަކު ބަލިވެގެން ސަލާމްބުނުމުން ނުވަތަ ޗުއްޓީނެގުމުން ނުވަތަ މިނޫންވެސް ކަމަކާ ގުޅިގެން ހަވާލުކުރެވޭ މަސައްކަތްތަކާއި، ޑިޕާޓްމެންޓުގައި ކުރަންދިމާވާ ބޮޑެތި މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  6. މީގެ އިތުރުންވެސް، އޮފީހުގެ މަސައްކަތާ ގުޅޭ ކަމެއް ވެރިއަކު ހަވާލުކުރައްވައިފިނަމަ، އެކަމެއް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

- ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.

- މަސައްކަތުގެ ދާއިރާގައި ލިބިފައިވާ ތަޖުރިބާ.

- ޤާބިލުކަން ކަށަވަރުކުރުމާއި، މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވާ މިންވަރު ވަޒަންކުރުމަށްޓަކައި އިންޓަވިއުކުރުން.

ހުށަހަޅަންޖެހޭ ތަކެތި

ހ. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ށ. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ. ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހެއް އެކްރެޑިޓްކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން.

ބ. މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ، އެކަން ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންގެންދާ އިދާރާތަކުން ހޯދާފައިވާ ލިޔުން (މިފަދަ ލިޔުންތަކުގައި، ކުރި މަސައްކަތާއި، މަސައްކަތްކުރި މުއްދަތު އެނގެން އޮންނަންވާނެއެވެ. އަދި ވަޒީފާ އަދާކުރަން ފެށި ތާރީޚާއި، ވަޒީފާއިން ވަކިވި ދުވަސް/މަސް/އަހަރުވެސް އެނގެން އޮންނަންވާނެއެވެ.

ޅ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

ސުންގަޑި

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން /ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ފެބުރުވަރީ 22 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

އިންޓަވިއު

މިކަމަށްއެދި ހުށަހަޅާ ފަރާތްތަކާ ކުރެވޭ އިންޓަވިއު އޮންނާނީ، 2015 ފެބުރުވަރީ 24 އާއި 26 އާ  ދެމެދުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3341307 ނަންބަރު ފޯނާއި، 3341303 ނަންބަރު ފޯނާއެވެ.

18 ރަބީޢުލްއާޚިރު 1436

08 ފެބުރުވަރީ 2015