ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-PRO/388/2023/66
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި:
30 ޖުލައި 2023 20:30
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޖުލައި ރައްޔިތުންގެ ބައްދަލުވުން
ދިވެހިރާއްޖޭގެއިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 107 ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ކައުންސިލްގެ ކުރިޔައްއޮތް އަހަރުގެ މަސައްތު ތާވަލާއި ބަޖެޓް ހިއްސާކުރުމަށް ޖުލައިމަހު ރައްޔިތުންނަށް ހުޅުވާލެވިގެން ބާއްވާ ބައްދަލުވުން 30 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެރޭ 20:30 ގައި ރައްޔިތުންގެ ޤުރުއާންކުލާހުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.މި ބައްދަލުވުމުގެ އެޖެންޑާ ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.
- 2024 ވަނަ އަހަރުގެ ލަފާކުރާ ބަޖެޓް ހިއްސާކޮށް ހިޔާލު ހޯދުން.
- 2024 ވަނަ އަހަރުގެ މަސައްކަތު ތާވަލު ހިއްސާކޮށް ހިޔާލު ހޯދުން.
- ކައުންސިލްގެ ފުރަތަމަ ހަމަސްދުވަހުގެ ރިޕޯޓް ހުށަހެޅުން.
- ތަރައްޤީގެ ޕްލޭނަށް އަމަލީސިފަ އަންނަމުންދާގޮތުގެ މައުލޫމާތު ހިއްސާކުރުން.
ވީމާ، މިބައްދަލުވުމަށް ވަންދޫގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަންބަރު 7980047 ފޯނާގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.
23 ޖުލައި 2023