ބީލަން
ނަންބަރު: (IUL)248-PRU/248/2023/57
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި:
10 އޮގަސްޓް 2023 14:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހއ.އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ލޯގޯ ފަރުމާކޮށްދިނުމަށް ރަޖިސްޓްރީވުމުގެ މުއްދަތު އިތުރު ކުރުން
- މިއިދާރާގެ ނަމްބަރު (IUL)248-PRU/248/2023/56 (18 ޖުލައި 2023 ) އިޢުލާނާއި ގުޅިގެން ހއ.އިހަވަންދޫ އަންހެނުންގެ ތަރއްޤީއަށް މަސައްކަތް ކުރާކޮމެޓީގެ ލޯގޯ ފަރުމާކޮށްދިނުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ރަޖިސްޓީ ވުމުގެ މުއްދަތު އިތުރު ކޮށްފީމެވެ.
- މި ޕްރޮޕޯސަލް ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2023 ޖުލައި 18 އިން 2023 ޖުލައި 30 ގެ ނިޔަލަށް procurement@ihavandhoo.gov.mv މެއިލްކުރައްވައިގެން ނުވަތަ 6500256 ނަންބަރަށް ގުޅުއްވައިގެން ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޕޯސަލްއާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޖުލައި 30 ވާ އާދީއްތަ ދުވަހުގެ ކުރިން މި އިޢުލާންގެ 3 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ލޯގޯ ޕްރޮޕޯސަލް ހުށަހެޅުމަށް 2023 އޮގަސްޓް 10 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އިހަވަންދޫ ކައުންސިލް އިދާރާގެ procurement@ihavandhoo.gov.mv އަށް މެއިލް ކުރެއްވުއެދެމެވެ.
- މިޕްރޮޕޯސަލާއި ބެހޭ މަޢުލޫމާތު ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- ޕްރޮޕޯސަލާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ ފަރާތާއި ގުޅުމުން ލިބިވަޑައިގަންނަވާނެއެވެ.
ނަޝީދާ ޢަބުދުﷲ
އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނައިބް ރައީސާ
ހއ. އިހަވަންދޫ، ދިވެހިރާއްޖެ
ފޯން: 9126464
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
06 މުޙައްރަމް 1445
24 ޖުލައި 2023