ދިވެހިރާއްޖެ
ހދ. ކުރިނބީ ކައުންސިލުގެ ރަށުހިޔާ އެޕާރޓްމަންޓްގެ ވަށާފާރު ރޭނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ރަޖިސްޓްރީ ކުރުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މި މަސައްކަތުގެ ބީލަން ފޮތް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ވާނެއެވެ. އަދި މިކައުންސިލާ ގުޅުއްވުމުން ވެސް ބޭނުންވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ޑޮކިއުމަންޓް ފޯރުކޮށް ދެވޭނެއެވެ.
ބީލަން ރަޖިސްޓްރީ ކުރުން
ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 02 އޯގަސްޓް 2023 ވާ ބުދަ ދުވަހުގެ ނިޔަލަށް މިކައުންސިލުގައި ރަޖިސްޓްރީ ކުރަންވާނެއެވެ. ބީލަން ރަޖިސްޓްރީކުރާނީ އޮންލައިން ފޯމު (https://forms.gle/YEnvCEspPZdmPxJo8) މެދުވެރިކޮށެވެ.
ބީލަން ހުށައެޅުމާއި ބީލަން ކެނޑުން
ބީލަން ހުށައެޅުމާއި ބީލަން ކެނޑުމަށް ހަމަޖެހިފައިވަނީ 07 އޯގަސްޓް 2023 ވާ ހޯމަ ދުވަހުގެ 13:00 އަށް ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލުގެ އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ކަނޑާނީ، މި މަސައްކަތަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތްތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައި، ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާގައެވެ.
އިތުރު މައުލޫމާތު ސާފުކުރުމަށް މި އިދާރާގެ އީމެއިލް (info@kurinbee.gov.mv) ނުވަތަ ފޯނު (6520036) ބޭނުންކުރެއްވުން އެދެމެވެ.
ހުށަހެޅޭ ބީލަން އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުޞޫލަކީ: ހުށަހަޅާ އެންމެ ކުޑައަގަށް 80 ޕޮއިންޓް، އެންމެ ކުރު މުއްދަތަށް 15 ޕޮއިންޓް، ތަޖުރިބާއަށް 05 ޕޮއިންޓް އެވެ. ތަޖުރިބާގެ ގޮތުގައި ބަލައިގަނެވޭނީ، ޢިމާރާތްކުރުމާއި ޢިމާރާތް މަރާމާތުކުރުމުގެ ނުވަތަ ކާޕެންޓްރީ މަސައްކަތުގެ އަދި ފިނިޝިންގ ވާރކްސްއެވެ. ތަޖުރިބާ ހުރިކަމަށް ބަލައިގަނެވޭނީ، މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ސިޓީ / ލިޔުމަށް ބަލާފައެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.