ބީލަން
ނަންބަރު: (IUL)325-A/325/2023/42
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 11:15
ސުންގަޑި: 31 އޮގަސްޓް 2023 10:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ ގޮއިދޫ މެޖިސްޓްރޭޓް ކޯޓް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

                    މިކައުންސިލުންދޭކުރެހުމަކާއެއްގޮތަށް މިރަށުގެ މެޖިސްޓްރޭޓް ކޯޓް ބިލްޑިންގ ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

                    ވީމާ ، ބީލަމުގެ އުޞޫލުން އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލުން އަރުވަމެވެ.

              މި ބިމުގެ ބީލަންފޮތް 6 އޯގަސްޓް 2023  ވާ އާދިއްތަ ދުވަހުންފެށިގެން 13 އޯގަސްޓް 2023 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9.00 ން 12.00 އާދެމެދު މިކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ބީލަން ފޮތެއްގެ އަގަކީ 150.00 ( ސަތޭކަ ފަންސާސް ) ރުފިޔާއެވެ. އޮންލައިންކޮށް ބީލަންފޮތް ގަންނަން ބޭނުންވާ ފަރާތްތަކުން https://forms.gle/JphSGH7qMZPKfgdt9 މިލިންގައިވާ ގޫގުލް ފޯރމް ފުރިހަމަ ކުރުމަށްފަހު ސަބްމިޓްކުރުމުން ބީލަންފޮތް ގަނެވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެ އެވެ. މިބީލަމުގައި ބައިވެރިވެވޭނީ ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.

               މި ބީލަމާބެހޭ މުޢާމަލާތްތައް  ކުރިޔަށް ގެންދާނޭގޮތް  މިބީލަމުގެ ބީލަންފޮތުގައި ތަފްޞީލްކޮށް ބަޔާންކުރެވިފައިވާނެއެވެ. މިބީލަމުގެ ސުންގަޑި ހަމަވާނީ  31 އޯގަސްޓް 2023 ވާ ބުރާސްފަތި  ދުވަހުގެ  10.00 އެވެ.

                         

އިތުރު މަޢުލޫމާތު ސާފުކުރުން

އިތުރު މައުލޫމަތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްގެ ޒަރީޢާއިން ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އީމެއިލް އެޑްރެސްinfo@baagoidhoo.gov.mv

ފޯން : 6600005

01 އޮގަސްޓް 2023