ބީލަން
ނަންބަރު: (MSG)309-ESM/229/2023/130
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 08:14
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު – ސިނާއީ މަސައްކަތް ކުރުމަށް ބިޑް އުސޫލުން ކުލީބިން ދޫކުރުމަށް ހުޅުވާލުން
ޢިއުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު – ސިނާއީ މަސައްކަތް ކުރުމަށް ބިޑް އުސޫލުން ކުލީބިން ދޫކުރުމަށް ހުޅުވާލުން
- ސިނާއީ މަސައްކަތް ކުރުމަށް ބިޑް އުސޫލުން ކުލީބިން ދޫކުރުމަށް ހުޅުވާލަމެވެ.
- ކުލީބިމުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ މައުލޫމާތު:
- ބިމުގެ ބޮޑުމިން : 100x25 ފޫޓް (2500 އަކަފޫޓް)
- ބިމު ކުލި: މަހަކު އަކަފޫޓަކަށް 0.25ރ (ފަންސަވީސް ލާރި) އަށްވުރެ ކުޑަނޫން އަދަދަކަށް.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 10 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދަރާގައި ރަޖިސްޓްރީ ކުރެވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭފޯމު އިނގުރައިދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.
- މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 16 އޮގަސްޓް 2023 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އީ-މެއިލް އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 23 އޮގަސްޓް 2023 ވާ ބުދަ ދުވަހުގެ 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 20 އޮގަސްޓް 2023 ވާ އާދީއްތަ ދުވަހު 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
ބިން އޮތް ސަރަހައްދު:
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯނު ނަންބަރު: 6580028
އީ-މެއިލް: info@inguraidhoo.gov.mv
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
02 އޮގަސްޓް 2023