ބީލަން
ނަންބަރު: (IUL)307/INDIV/2023/57
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 14 އޮގަސްޓް 2023 14:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގު ބައްތިތަކާއި ބަނދަރު ބައްތިތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

                                                   (IUL)307/INDIV/2023/57:ނަންބަރު

ރަށުގެ މަގު ބައްތިތަކާއި ބަނދަރު ބައްތިތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު (IUL)307/INDIV/2023/51(16 ޖުލައި 2023) ގެ އިއުލާނާއި ގުޅިގެން އެކަމަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިއުލާނު ބާތިލުކޮށް، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

  1. ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މިއިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރަޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް info@innamaadhoo.gov.mv އަށް މެއިލްކުރެއްވުމުން ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލް ކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަން ޔަޤީން ކުރަންވާނީ ރަޖިސްޓްރީ ނަންބަރ ލިބުމުންނެވެ.
  2. ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުގެ ވަގުތަކީ 2023 އޮގަސްޓް 14 ވާ ހޯމަ ދުވަހުގެ 14:00 އެވެ. މިގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
  3. ޕްރީ-ބިޑް ބައްދަލުވުން 2023 އޮގަސްޓް 15 ވާ އަންގާރަ ދުވަހު މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލް އިދާރާގައި ބޭއްވޭނެއެވެ.
  4. ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރ 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަންބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  5. ބީލަން ހުޅުވުން އޮންނާނީ 2023 އޮގަސްޓް 27 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ހަމަޖެހިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި ކަނޑައެޅިފައިވާ މުއްދަތުގައި ބިލަމުގައި ރެޖިސްޓްރީވެފައިނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
  6. މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2023 އޮގަސްޓް 26 ވަނަ ދުވަހުގެ 23:59 ގެ ކުރިން ސާފުކުރެއްވުން އެދެމެވެ.
  7. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް:

   ފޯން: 6580052 / 7801241

   އީމެއިލް: info@innamaadhoo.gov.mv

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 އޮގަސްޓް 2023