ބީލަން
ނަންބަރު: (IUL)7-ADMN/1/2021/82
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 16:25
ސުންގަޑި: 16 އޮގަސްޓް 2023 11:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ލޯކަލް ކައުންސިލުތަކުގެ އޮޑިޓުކޮށްދޭނެ ފަރާތްތަކެއް ބޭނުންވެއްޖެ

މި އިޢުލާންވަނީ 11 ޑިސެންބަރު 2023 12:06 ގައި ބާތިލް ކުރެވިފައެވެ.


 

       ނަންބަރު- IUL)7-ADMN/1/2023/82) 

 

112 ލޯކަލް ކައުންސިލުތަކުގެ އޮޑިޓުކޮށްދޭނެ ފަރާތްތަކެއް ބޭނުންވެއްޖެ

 

މި އޮފީހުން އޮޑިޓުކުރަންޖެހޭ 112 ލޯކަލް ކައުންސިލުތަކުގެ 2022 ވަނަ އަހަރުގެ އޮޑިޓްކޮށްދޭނެ ފަރާތްތަކެއް ބޭނުންވެއްޖެއެވެ. މި 112 ކައުންސިލުތައް މި އޮފީހުން ބަހާފައިވާނީ ދެ ބަޔަށެވެ. މިދެންނެވުނު 2 ބައިންކުރެ ފުރަތަމަ ބައި 4 ގްރޫޕަކަށް (ކްލަސްޓަރ) އަދި ދެވަނަ ބައި 3 ގްރޫޕަކަށް (ކްލަސްޓަރ) ބަހާފައިވާނެއެވެ. އެއީ، 12 އޮޑިޓުގެ 4 ގުރޫޕް (ކްލަސްޓަރ)  އަދި 21 އޮޑިޓުގެ 2 ގުރޫޕާއި (ކްލަސްޓަރ) 22 އޮޑިޓުގެ 1 (ކްލަސްޓަރ) ގުރޫޕެވެ. ކައުންސިލުތަކުގެ އޮޑިޓުކުރުމަށް އެދި ބީލަން ހުށަހެޅޭނީ އެކަމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، މި އޮފީހުން އޮޑިޓުތައް ބަހާފައިވާ 2 ބައިންކުރެ ކޮންމެވެސް އެއް ބަޔަކަށެވެ.

މިކަމަށް ކުރިމަތި ލެވޭނީ، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން ލައިސަންސް ދޫކޮށްފައިވާ ފަރމްތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2023 އޮގަސްޓް 13 ވާ އާދިއްތަ ދުވަހުގެ  11:00އަށް ސްޓަރ ކްލައުޑްސްގެ 1 ވަނަ ފަންގިފިލާގައި ހުންނަ މި އޮފީހުގެ އިދާރީ ބަޔަށް ވަޑައިގެންނެވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2023 އޮގަސްޓް 16 ވާ ބުދަ ދުވަހުގެ 11:00 ގައި، ސްޓަރ ކްލައުޑްސްގެ 1 ވަނަ ފަންގިފިލާގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.

08 އޮގަސްޓް 2023

08 އޮގަސްޓް 2023