ބީލަން
ނަންބަރު: (IUL)120-D/1/2023/45
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި:
01 ޖަނަވަރީ 1970 05:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކެމްބްރިޖް އިންގްލިޝް އިމްތިޙާނު ބޭއްވުމަށްޓަކައި ކްލާސްރޫމް ހޯދުމަށް
ކެމްބްރިޖް އިންގްލިޝް އިމްތިޙާނު ބޭއްވުމަށްޓަކައި ކްލާސްރޫމް ހޯދުމަށް
- 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން 2023 ވަނަ އަހަރުގެ ޑިސެންބަރު 03 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ކެމްބްރިޖް އިންގްލިޝް އިމްތިޙާނު ބޭއްވުމަށްޓަކައި 13 ކްލާސްރޫމް ބޭނުންވެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް، 2023 އޮގަސްޓު 09 ން 2023 އޮގަސްޓު 15 ވަނަ ދުވަހުގެ 12:00 އާއި ހަމައަށް "ބިޑް ރަޖިސްޓްރީ ފޯމު" (ލިންކު: https://forms.gle/E49yGysoS6CLZiiB8 ) މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.
- ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 އޮގަސްޓު 09 ން 2023 އޮގަސްޓު 16 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ މެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 އޮގަސްޓު 17 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައިމި ޑިޕާޓްމަންޓް ހިނގަމުންދާ ހ. އަސްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު procurement@dpe.edu.mv މެއިލު މެދުވެރިކޮށް އަދި، ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަންގެ ފޯން: 4003966 / 7533006 އިން ލިބިވަޑައިގަންނަވާނެއެވެ.
22 މުޙައްރަމް 1445
09 އޮގަސްޓު 2023
09 އޮގަސްޓް 2023