ދިވެހިރާއްޖެ
ގޯތި ކޮމެޓީގެ މެމްބަރުކަމަށް ފުރުސަތު ހުޅުވާލުން
ރަށުން ދިރިއުޅުމުއްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން 9 މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލުމަށް ކައުންސިލްގެ 2023 ވަނަ އަހަރުގެ 104 ވަނަ އާންމު ޖަލްސާއިން ވަނީ ނިންމާފައެވެ. ހަމަމިޖަލްސާގައި 9 މެމްބަރުންގެ ކޮމެޓީ އެކުލަވާލުމަށް ނިންމާފައިވަނީ ކައުންސިލް އިދާރާގެ ފަރާތުން 2 މެމްބަރުންނާއި، ރަށުގެ ޙަރަކާތްތެރިވާ ކުލަބް ޖަމިއްޔާތަކުން ކަނޑައަޅާ 2 މެމްބަރުންނާއި، ރަށުގެ ކޮންމެ މުއައްސަސާއަކުން 1 މެމްބަރުނާއި އާންމުންގެ ތެރެއިން 2 މެމްބަރުން ހިމެނޭގޮތަށެވެ. މި ކޮމެޓީގެ މައިގަނޑު މަސައްކަތަކީ ގޯތި ދޫކުރުމަށް ހަދަން ޖެހޭ އުޞޫލު ހެދުމާއި ގޯއްޗަށް އެދި ހުށައަޅާ ފޯމް ވެރިފައިކޮށް މާރކްސް ދިނުމެވެ.
ވީމާ، ގޯތި ކޮމެޓީގެ މެމްބަރުކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން 16 އޯގަސްޓް ވާ ބުދަ ދުވަހުގެ 14:00 ކުރިން އިދާރާއަށް ސިޓީ ހުށައެޅުމަށް ދަންނަވަމެވެ. 2 ފަރާތަށްވުރެން އިތުރަށް ސިޓީ ހުށައަޅާފައިވާނަމަ 2 ފަރާތެއް ކަނޑައަޅާނީ ކައުންސިލްގެ ޖަލްސާއިންނެވެ.
22 މުހައްރަމް 1445
9 އޯގަސްޓް 2023