ބީލަން
ނަންބަރު: (IUL)368-BS/368/2023/30
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 15:27
ސުންގަޑި: 16 އޮގަސްޓް 2023 12:00
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރެހެންދި ޕްރީސުކޫލްގެ ފޮތްތައް ޕްރިންޓް ކުރުން

މި އިދާރާއިން ފޯރުކޮއްދޭ މަޢުލޫމާތާއި އެއްގޮތަށް ރެހެންދި ޕްރީސުކޫލްގެ ފޮތްތައް ޕްރިންޓްކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތައް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

2023 އޮގަސްޓް 16 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މުލަކަތޮޅު ދިއްގަރު ކައުންސިލް އިދާރާގެ ފޯން 6720031 އަށް ގުޅުއްވައި ނުވަތަ info@dhiggaru.gov.mv އަށް އީމެއިލް ކުރައްވައި ނުވަތަ tinyurl.com/5f5a8j6s މެދުވެރިކޮށް ރަޖިސްޓްރީ ކުރުން

ފޯން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވާނަމަ ތިރީގައިވާ މައުލޫމާތު ހިމެނުއްވަން ވާނެއެވެ.

-    އިޢުލާން ނަންބަރު (ކޮން ބީލަމެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-    ރަޖިސްޓްރީ ކުރާ ފަރާތުގެ ނަން (އަމިއްލަ ފަރުދެއް/ފަރުދުންގެ ވިޔަފާރި/ ޕާޓްނާޝިޕް/ ކުންފުނި/ ކޯޕަރޭޓިވް ސޮސައިޓީ)

-  ރަޖިސްޓްރީ ނަމްބަރު

-    ގުޅޭނެ ފޯނު ނަންބަރު

-    އީމެއިލް އެޑްރެސް

-     މެއިލް ފޮނުވާ ފަރާތުގެ ނަން

ބީލަން ހުށަހެޅުން

2023 އޮގަސްޓް 17 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މުލަކަތޮޅު ދިއްގަރު ކައުންސިލްގެ ޖަލްސާކުރާ މާލަމް ގައި

(ބީލަން ހުށައެޅުމުގެ ފުރުސަތު ދެވޭނީ، ބީލަން ހުށައެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.)

މި ބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭޅުންފުޅުވެލައްވާނަމަ، info@dhiggaru.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ރަޖިސްޓްރީ ކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ.

09 އޮގަސްޓް 2023