މަސައްކަތް
ނަންބަރު: (IUL)14-PR/1/2023/55
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި: 27 އޮގަސްޓް 2023 14:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ފާހާނާ މަރާމާތްކުރުމުގެ މަސައްކަް ކޮށްދޭނެ ފާރާތެއް ހޯދުމަށް

މި އޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، ކަސްޓަމްސް ބިލްޑިންގ ގެ 6 ވަނަ ފަންގިފިލާގައިވާ 2 ފާޚާނާ މަރާމާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2023/45  ) 26 ޖޫން 2023) އިޢުލާނަށް އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ އަގުތައް އެކަށީގެންވާ ވަރަށް ވުރެ ބޮޑުކަމަށް ފެންނާތީއާއި އަދި މަޢުލޫމާތު ކަރުދާހަށް ބަދަލުގެންނަން ބޭނުންވާތީ، ނަންބަރު (IUL)14-PR/1/2023/45 (26 ޖޫން 2023) އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާންކުރަމެވެ.

ވީމާ، މިއިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 23 އޮގަސްޓު 2023 ވާ ބުދަ ދުވަހުގެ 14:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 އޮގަސްޓު 2023 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށާއި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރުމަށް އޮންނަ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

 ބީލަމުގައި ރަޖިސްޓްރީވުމަށް މިއޮފީހުގެ (procurement@customs.gov.mv) އީމެއިލްއަށް  23 އޮގަސްޓު2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334272 ފޯނަށް ގުޅުއްވުން އެދެމެވެ.

15 އޮގަސްޓް 2023