ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)413/413/2023/11
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 31 އޮގަސްޓް 2023 00:00
ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ގެމަނަފުށިން ބަންޑާރަ ގޯތި ދޫކުރުން

                                                                                                                                ނަމްބަޜ:  (IUL)413/413/2023/11

 

އިޢުލާން

ގއ. ގެމަނަފުށިން ގޯތި ދޫކުރުން:

              ގއ. ގެމަނަފުށިން ދިރިއުޅުމަށްޓަކާ ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައިފީމެވެ.

              މިބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 122 ގޯއްޗެވެ. ގޯތި ދޫކުރެވޭނީ ގޯތި ލިބޭމީހުން ކަނޑައެޅުމަށް ގޯތި ދޫކުރުމާއިބެހޭ ޤަވާޢިދުގައިވާ ކަންތައްތަކަށް ބެލުމަށްފަހު ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދިނުމުގެ އުސޫލުގައިވާ ގޮތުގެމަތިން މަދުވެގެން 40 ޕޮއިންޓް ލިބޭފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ.

               ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދިނުމަށް އެކުލަވާލާފައިވާ އުސޫލް މި އިޢުލާނާއެކު ޢާންމުކުރެވިފައި ވާނެއެވެ.

                ވީމާ، ގޯއްޗަށް އެދޭ ( މި އިޢުލާނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ) ފަރާތްތަކުން މި އިދާރާއަށް ދުރުވެ ގޯއްޗަށްއެދޭ ފޯމް ނަންގަވާ ފުރިހަމަ ކުރެއްވުމަށްފަހު ފޯމް ހުށަހެޅުއްވުން އެދެމެވެ.

                ފޯމް ދޫކުރުމާއި، ބަލައިގަތުން އޮންނާނީ 20 އޮގަސްޓް 2023 ވާ އާދީއްތަ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އަށް ގެމަނަފުށީ ކައުންސިލް އިދާރާގައެވެ.

               ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހުތާރީޚާއި، ގަޑިއަކީ 31 އޮގަސްޓް 2023  ވާ ބުރާސްފަތި ދުވަހުގެ 12:00 އަށެވެ. މި ތާރީޚަށްފަހު ހުށަހެޅޭ ފޯމްތައް ބަލައި ނުގަނެވޭނެއެވެ.

 

ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތައް:

ގޯތި ދޫކުރެވޭ ސަރަޙައްދު: 01 ރަށުގެ އުތުރުކޮޅު ( ދޫކުރެވޭ ގޯތީގެ ބޮޑުމިނަކީ 2000 އަކަފޫޓް )

ގޯތި ދޫކުރެވޭ ސަރަޙައްދު: 02 ރަށުގެ ދެކުނުކޮޅު ( ދޫކުރެވޭ ގޯތީގެ ބޮޑުމިނަކީ 2000 އކަފޫޓް )

 

ދިރިއުޅުމައްޓަކާ އަލަށް ގޯތި ނަގާ މީހުންގެ ހުންނަންވާ ޝަރުތު:

  1.  ދިވެހި ރަށްޔިތެއްކަމުގައި ވުން.
  2.  ޢުމުރުން 18 އަހަރު ވެފައިވުން
  3.  ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައި ނުވަތަ ލިބިފައި ނުވުން.
  4.  އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައި ނެތުން. ނުވަތަ ލިބިފައިވާ މިފަދަ ބައެއް ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލުން.
  5.  ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން. އަދި މިފަދަތަނެއް އަމިއްލަ ނަމުގައި އޮވެ އެތަނެއް ދޫކޮށްލާފައި، ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވެފައިވުން.
  6.  އެއްމެދު ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން. ނުވަތަ މިފަދަތަނެއް އަމިއްލަނަމުގައި އޮވެ އެތަނެއް ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވުން.
  7.  ލިބިފައިވާ ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ދޫކޮށްލާ ނުވަތަ ވިއްކާފައިވާތތާ 2 އަހަރު ދުވަހަށްވުރެ ގިނަދުވަސް ވެފައިވުން.
  8.  އަނބިމީހާ ނުވަތަ ފިރިމީހާއަށް ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓު ހަމަވާވަރުގެ ބިމެއް ލިބިފައިނެތުން. 

                 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

                    04 B 1445

                      20 އޮގަސްޓް 2023

 

 

 

                                                              އިބުރާހިމް ނާޝިދު

                                                             ކައުންސިލްގެ ރައީސް

 

20 އޮގަސްޓް 2023