ދިވެހިރާއްޖެ
އިޢުލާން
ހޯރަފުށީ ކައުންސިލުގެ އާ ވެބްސައިޓްއާ ގުޅުވައިލެވިގެން ރައްޔިތުންނަށް އޮންލައިކޮށް ޚިދުމަތް ދިނުމަށް ސަރވިސް ޕޯޓަލެއް ހެދުމަށް ބޭނުންވެއެވެ.
ވީމާ، މި ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް ސަރވިސް ޕޯޓަލް ހަދައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބިޑް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅޭނީ ބިޑްގައި ރަޖިސްޓްރީވެލައްވާ ފަރާތްތަކަށް އެކަންޏެވެ. ބިޑްގައި ރެޖިސްޓްރީވެލެއްވުމަށް ރަޖިސްޓްރީ ކޮށްފައިވާ ނަން، ރަޖިސްޓްރީ ނަންބަރު، މަސްޢޫލްވެރިވާ ފަރާތުގެ ނަން، ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް ލިޔުއްވާ procurement@hoarafushi.gov.mv އަށް ދީފައިވާ ސުންގަޑީގެ ކުރިން މެއިލް ކުރެއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ފަހު، ބިޑް ޑޮކިއުމެންޓްތައް ބިޑްގައި ރަޖިސްޓްރީ ވެލެއްވި ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.
ޙަރަކާތް |
ސުންގަޑި |
||
ބިޑް ރަޖިސްޓްރީކުރުން |
28 އޯގަސްޓް 2023 |
ހޯމަ |
13:00 |
މަޢުލޫމާތު ދިނުމުގެ ސެޝަން (އޮންލައިންކޮށް) |
29 އޯގަސްޓް 2023 |
އަންގާރަ |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
10 ސެޕްޓެމްބަރ 2023 |
އާދީއްތަ |
13:00 |
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
04 ޞަފަރު 1445