ބީލަން
ނަންބަރު: C-381/IUL-2023/ 61
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި:
29 އޮގަސްޓް 2023 11:30
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޑަހުވަދޫގައި ތާރު އަޅާފައިވާ މަގުތަކުގެ ތެރެއިން އިއްޒުއްދީން މަގުގެ ކާނުތަކާއި އެއްކާނުން އަނެއްކާނަށް އަޅާފައިވާ ހޮޅި ސާފް ކޮށްދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު:
ކުޑަހުވަދޫގައި ތާރު އަޅާފައިވާ މަގުތަކުގެ ތެރެއިން އިއްޒުއްދީން މަގުގެ ކާނުތަކާއި އެއްކާނުން އަނެއްކާނަށް އަޅާފައިވާ ހޮޅި ސާފް ކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައި ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާނުކުރީމެވެ.
- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
- ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 23 އޮގަސްޓް 2023 އިން 29 އޮގަސްޓް 2023 އަށް ބަންދުނޫން ކޮންމެދުވަހެއްގެ 9:00 އިން 11:30އަށް މިއިދާރާއަށް ދުރުވެ ބީލަންރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. ބީލަން ރަޖިސްޓްރީ ކުރުމުގެ އަގަކީ 150.00ރ އެވެ.
- އޮންލައިންކޮށް ފައިސާ ދައްކަވާނަމަ، މި އިދާރާގެ އެކައުންޓަށް ޓްރާންފަރ ކުރެވޭނެއެވެ. އަދި ޓްރާންސްފަރ ކުރި ސްލިޕް ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
- މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 04 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 10:00ގެ ކުރިން ބީލަންފޮތުގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. އަދި 05 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހުގެ 10:00ގައި ކުޑަހުވަދޫ ކައުންސިލް އިދާރާގެ މީޓިން ރޫމްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
- ބީލަން ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
- ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
- އެކައުންޓް ނަންބަރު: 7730000135156
- އެކައުންޓް ނަން: 1430 Revenue 1
- ފޯން : 7908156
- އީމެއިލް: ms@kudahuvadhoo.gov.mv
23 އޮގަސްޓް 2023