ދިވެހިރާއްޖެ
އިޢުލާން
ބަނދަރު ސަރަޙައްދުން ގުދަންބިން ކުއްޔަށް ދޫކުރުން |
މިއިދާރާގެ ބެލެހެއްޓުމުގެ ދަށުގައިވާ މިދަންނަވާ ބިންްތައް 15 އަހަރުގެ ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ފުރުޝަތު ހުޅުވާލަމެވެ.
ކުއްޔަދިނުމަށް ހަމަޖެހިފައިވާ އިމާރާތްތަކުގެ ތަފްޟީލް
ކުއްޔަށް ދޫކުރެވޭ ތަނުގެ ބޮޑުމިން ( އަކަފޫޓް) |
ކުއްޔަށް ދޫކުރާ ބިމަށް ހުށަހެޅޭނެ އެންމެ ކުޑައަގު |
ކުއްޔަށް ދެވޭ ބިމުގައި ކުރެވޭނެކަންކަން |
ކުއްޔަށް ދޫކުރާ ތަނުގެ ނަން |
|
1000 އަކަފޫޓުގެ ބިން |
އަކަފޫޓަކަށް 60 ލާރި |
ޖަދުވަލް 04 ގައި ހިމަނާފައިވާ ކަންކަން |
ބަނދަރު އިރުމަތީ ސަރަޙައްދުން 4 ބިން |
|
ވީމާ، ދެންނެވުނު އިމާރާތާއި ބިން ކުޔަށް ހިފަން ބޭނުންވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު ބީލަންފޯމް ނަންގަވާ ބީލަންފޯމް ހުށަހެޅުމަށް ދެންނެވީމެވެ.
ބީލާމުގައި ރަޖިސްޓްރީވުން:
- ކުއްޔަށް ހިފުމަށް ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލްގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
- ރަޖިސްޓްރީވުމަށްޓަކައި " ބީލަމުގައި ރަޖިސްޓްރީވާ ފޯމް" ފުރިހަމަ ކުރުމަށްފަހު މިކައުންސިލަށް ހުށަހަޅާ ބިޑު ޑޮކުމެންޓް ގަތުމަށް ފައިސާ ދެއްކުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ. ބިޑު ޑޮކިޔުމެޓްގެ އަގަކީ ބިމަކަށް 250ރ އެވެ.
- ބީލަމުގައި ރަޖިސްޓަރީވާ ފޯމާއި ބިޑު ޑޮކިޔުމެންޓަށް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 27 އޯގަސްޓް 2023 ( އާދިއްތަ) ދުވަހުން ފެށިގެން 03 ސެޕްޓެމްބަރ 2023 ( އާދިއްތަ ) ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 13:00 އަށް ށ.ކަނޑިތީމު ކައުންސިލް އިދާރާއަށެވެ.މި މުއްދަތުގެ ތެރޭގައި އީމެއިލް މެދެވެރިކޮށް ފޯމް ހުށަހެޅުމަށްފަހު ބޭންކު އެކައުންޓަށް ފައިސާ ޖަމާކުރާ ފަރާތްތަކަށްވެސް ބީލަމުގައި ރަޖިސްޓްރީ ކޮށްދެވޭނެއެވެ.
- މި ބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބައްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
- ބިން ކުއްޔަށް ދިނުމާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
ބީލަން ހުށަހެޅުން:
- ބީލަން / ކުއްޔަށް ހިފުމަށް އެދޭފޯމާއި ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑިއަކީ 05 ސެޕްޓެމްބަރ 2023 ( އަންގާރަ) ދުވަހުގެ 13:00 އެވެ. ސުންގަޑި ހަމަވުމަށްފަހު ލިބޭ ޕްރޮޕޯޒަލްތައް ބަލައި ނުގަނެވޭނެއެވެ.
ޕްރޮޕޯޒަލްއާއެކު ހުށަހަޅާ އެންމެހާ ލިޔެކިޔުންތައް ހުންނަވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި ޢިޢުލާން ނަމްބަރާއި ކޮންކަމަކަށް ހުށަހަޅާ ޕްރޮޕޯޒަލްއެއްކަން އެނގޭގޮތަށް ލިޔެފައި އޮންނަންވާނެއެވެ.