ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LMS/468/2023/254
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 12:31
ސުންގަޑި: 30 އޮގަސްޓް 2023 13:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން

ސްޓޯމް ވޯޓަރ ޕަމްޕް ސްޓޭޝަން ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކުގެ ތެރެއިން، ފުވައްމުލަކު ނޭޗަރ ޕާރކް ސަރަޙައްދާއި ދޫޑިގަން އަވަށު ބާންސްރީ ގޯތި ހުންނަ ސަރަޙައްދުގައި ހުރި ރުއްގަހުގެ ތެރެއިން ތިރީގައިވާ މިދަންނަވާ ރުއްގަހުގެ މިލްކުވެރިފަރާތް ހޯދުމަށް ބޭނުންވެއެވެ.   

  • ފުވައްމުލަކު ނޭޗަރ ޕާރކް ސަރަޙައްދުގައި ހުރިރުއްގަހުގެ ތެރެއިން ނަންބަރު 1، 2 ޖަހާފައިވާ ދެރުކާއި ނަންބަރު 3 ޖަހާފައިވާ ފުނަގަސް އަދި 30 ފަތްކެޔޮގަސް.
  • ފުވައްމުލަކު ބާންސްރީ ގޯތި ހުންނަ ސަރަޙައްދުގައި ނަންބަރު 1 އަދި 2 ޖަހާފައިވާ ރުއްތައް.

ވީމާ، މިރުއްގަހުގެ މިލްކުވެރި ފަރާތެއް ވާނަމަ 2023 އޮގަސްޓް 30 ވާ ބުދަ ދުވަހުގެ 13:00 ގެކުރިން ރުއްގަސް ރަޖިސްޓްރީކޮށްފައިވާކަމުގެ ލިޔުމުގެ ކޮޕީއެއް ނުވަތަ މިލްކުވެރިކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ފުވައްމުލަކު ސިޓީކައުންސިލް އިދާރާގެ ލޭންޑް މެނޭޖްމެންޓް ސެކްޝަން (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.

27 އޮގަސްޓް 2023