ދިވެހިރާއްޖެ
މި އިދާރާއިން ފޯރުކޮއްދޭ މަޢުލޫމާތާއި އެއްގޮތަށް ރެހެންދި ޕްރީސުކޫލްގެ ފޮތްތައް ޕްރިންޓްކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތައް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
2023 ސެޕްޓެމްބަރ 03 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މުލަކަތޮޅު ދިއްގަރު ކައުންސިލް އިދާރާގެ ފޯން 6720031 އަށް ގުޅުއްވައި ނުވަތަ info@dhiggaru.gov.mv އަށް އީމެއިލް ކުރައްވައި ނުވަތަ https://forms.gle/VyMtPLEKnABG4eJv8 މެދުވެރިކޮށް ރަޖިސްޓްރީ ކުރުން ފޯން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވާނަމަ ތިރީގައިވާ މައުލޫމާތު ހިމެނުއްވަން ވާނެއެވެ. - އިޢުލާން ނަންބަރު (ކޮން އަންދާސީ ހިސާބެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް) - ރަޖިސްޓްރީ ކުރާ ފަރާތުގެ ނަން (އަމިއްލަ ފަރުދުންގެ ވިޔަފާރި/ ޕާޓްނާޝިޕް/ ކުންފުނި/ ކޯޕަރޭޓިވް ސޮސައިޓީ) - ރަޖިސްޓްރީ ނަމްބަރު - ގުޅޭނެ ފޯނު ނަންބަރު - އީމެއިލް އެޑްރެސް - މެއިލް ފޮނުވާ ފަރާތުގެ ނަން |
ބީލަން ހުށަހެޅުން |
2023 ސެޕްޓެމްބަރ 05 ވާ އަންގާރަ ދުވަހުގެ 10:00 ގައި މުލަކަތޮޅު ދިއްގަރު ކައުންސިލް އިދާރާއަށް ހާޒިރުވެގެން، ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ބީލަން ފޮނުވައިގެން. (ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވޭނީ، ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.) |
މިބީލަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ،info@dhiggaru.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ރަޖިސްޓްރީ ކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުވައިގެން ބީލަން ހުށަހަޅުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ.