ދިވެހިރާއްޖެ
އއ.އުކުޅަސް މެޖިސްޓްރޭޓް ކޯޓު "ކޯޓު ރޫމް" ކާޕެޓް އެޅުމާއި އަޑުބޭރުވާ މިންވަރު ދަށްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 06 ސެޕްޓެމްބަރ 2023ވާ ބުދަ ދުވަހުގެ ހެނދުނު 10:00އަށް، އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓް އަށް ވަޑައިގެން ބިޑް ހުށައެޅުއްވުން އެދެމެވެ.
ބިޑް ހުށަހަޅުއްވަން ވާނީ، އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓުން ތައްޔާރުކޮށްފައިވާ ބިޑް ހުށަހަޅާ ފޯމުންނެވެ. މި ދެންނެވި ފޯމް އަދި ބިޑްގެ މަޢުލޫމާތު ކަރުދާސް ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ. ބިޑްގައި ރަޖިސްޓްރީވުން 29 އޮގަސްޓް 2023ވާ އަންގާރަ ދުވަހުން ފެށިގެން 04 ސެޕްޓެމްބަރ 2023ގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު، ހެނދުނު 10:00 އާއި މެންދުރު 12:00 އާއި ދެމެދު އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދާނެއެވެ.
މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ކެނޑުން 06 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި، އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓްގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލަވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ، ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ.
މި މަސައްކަތާގުޅޭ މަޢުލޫމާތު ދިނުމުގެ ޝެޝަން 04 ސެޕްޓެމްބަރ 2023ވާ ހޯމަ ދުވަހުގެ މެންދުރުފަހު 01:00ގައި އއ.އުކުޅަސް މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ. މަޢުލޫމާތު ސެޝަންއަށް ޙާޟިރުނުވާ ފަރާތްތަކަށްވެސް ބިޑްގައި ރަޖިސްޓްރީކޮށްފައިވާނަމަ، ބިޑް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމުގައި ދެންނެވީމެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން 6661015 އަށް ގުޅުއްވައިގެން ނުވަތަ info@aa-ukulhas.court.gov.mv އީ-މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
11 ޞަފަރު 1445