ދިވެހިރާއްޖެ
މި އޮފީހުގައި ބޭނުންކޮށްފައިވާ 02 ވޭން ނީލަންކިޔުން 07 ސެޕްޓެމްބަރު 2023 ވާ ބުރާސްފަތި ދުވަހު މެންދުރު 14:00 ގައި ހުޅުމާލެ ކަސްޓަމްސް ބޮންޑެޑް ވެއަރ ހައުސް ގައި ދުވަހު ނީލަމުގެ އުސޫލުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަން ފެށޭ އަގު މި އިޢުލާނާއި އެކު އެއްކަރުދާސް ކޮށްފައިވާނެއެވެ.
ނީލަމުގައި ވިއްކާލާ ތަކެތީގެ ހާލަތު، ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހު ނީލަން ކުރިއަށްދާ ސަރަޙައްދަށް ވަޑައިގަތުމުން އެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން 3 ދުވަސް ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު، ނީލަމުގައި ބައްލަވައިގެންނެވި މުދައު، 07 ( ހަތް ) ދުވަސް ތެރޭގައި ގެންދަވަން ވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވެޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 07 ސެޕްޓެމްބަރު 2023 ވާ ބުރާސްފަތި ދުވަހު މެންދުރު 14:00 އަށް ހުޅުމާލެ ކަސްޓަމްސް ބޮންޑެޑް ވެއަރ ހައުސްއަށް ޙާޒިރުވެވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. ނީލަމަށް ވަޑައިގަންނަވާ އިރު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.