ދިވެހިރާއްޖެ
މިސްކޫލުންދޭ މަޢުލުމާތާ އެއްގޮތަށް، އަމިއްލަ ޚަރަދުގައި ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައި ވިއްކާނެ އިންތިޒާމް ހަމަޖައްސައިދޭނެ 02 ފަރާތެއް ހޯދުމަށް ކުރި (IUL)HS-BDG/HS/2023/45 އިއުލާނާ ގުޅިގެން ބީލަން ހުށަހަޅާ، ބީލަން ކާމިޔާބު ކޮށްފައިވަނީ އެންމެ ފަރާތަކުން ކަމުގައި ވާތީ އިތުރު ފަރާތެއެް ހޯދުމަށް ބޭނުންވެއެވެ. މިމައްސަކަތް ޙަވާލު ކުރުމަށް ހަމަޖެހިފައިވަނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ އެއް ފަރާތަކާއެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރެއްވުމަށް، 2023 ސެޕްޓެންބަރ 11 ވާ ހޯމަ ދުވަހުގެ 14.00 ގެ ކުރިން މި އިއުލާންއާ އެޓޭޗް ކޮށްފައިވާ "ބިޑްރަޖިސްޓްރޭޝަން" ފޯމް ފުރުއްވުމަށް ފަހު ތިރީގައިވާ މެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- ރަޖިސްޓްރޭޝަން ފޯމް އީމެއިލް ކުރައްވާނީ : bids@hiriya.edu.mv
- މިމަސައްކަތާ ބެހޭ އިތުރު މަޢުލޫމާތު، ބީލަން ހުށަހަޅާ ފޯމުތަށް މި އިޢުލާން އާ އެޓެޗް ކޮށްފައިވާ ބީލަން ފޮތުގައި ހިމަނާފައި ވާނެއެވެ.
- ބީލަމުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ޔުނިފޯމްގެ ނަމޫނާ ދެއްކުމާ ފޮތީގެ ސާމްޕަލް ޙަވާލު ކުރުން އޮންނާނީ 2023 ސެޕްޓެންބަރ 12 އަދި 13 ، މި ދެދުވަހު މެންދުރު 13.00 ން ހަވީރު 17.00 އަށެވެ.
- މިމަސައްކަތާ ބެހޭ އެއްވެސް ސުވާލެއް ވާނަމަ 2023 އޮގަސްޓް 13 ވާ ބުދަ ދުވަހުގެ ގެ 14:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.
ސުވާލު އީމެއިލް ކުރައްވާނީ: bids@hiriya.edu.mv
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ސެޕްޓެންބަރ 20 ވާ ބުދަ ދުވަހުގެ މެންދުރު 13.30 ގައި ހިރިޔާ ސްކޫލުގައެވެ.
- ބީލަމާއެކު ފަހާފައިވާ 01 އެކްޓިވިޓީ ޔުނިފޯމް( ޓީޝާ، ސޯޓް) ގެ ސާމްޕަލް ހުށަހަޅުއްވަން ޖެހޭނެއެވެ. ސާމްޕަލް ހުށަނާޅުއްވާ ފަރާތްތަކުގެ ބީލަން ބާތިލް ކުރެވޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.