ދިވެހިރާއްޖެ
އއ. އުކުޅަސް މެޖިސްޓްރޭޓް ކޯޓު "ކޯޓު ރޫމް"ގެ ކާޕެޓް އަޅާ ސައުންޑް ޕްރޫފް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL/U4MC/2023/01 (27 އޮގަސްޓް 2023) އިޢުލާނު ގެ ބިޑް ހުށަހަޅަންވީ ތާރީޚް ވަނީ 11 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 01:00 އަށް ފަސްކުރެވިފައެވެ.
އަދި އއ. އުކުޅަސް މެޖިސްޓްރޭޓް ކޯޓު ފާޚާނާ މަރާމާތު މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL/U4MC/2023/02 (27 އޮގަސްޓް 2023) އިޢުލާނު ގެ ބިޑް ހުށަހަޅަންވީ ތާރީޚް ވަނީ 11 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 01:30 އަށް ފަސްކުރެވިފައެވެ.
ބިޑް ކެނޑުން ކުރިއަށްގެންދާނީ އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓުގައެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލަވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ، ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން 6661015 އަށް ގުޅުއްވައިގެން ނުވަތަ info@aa-ukulhas.court.gov.mv އީ-މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 ޞަފަރު 1445