ކުއްޔަށް ދިނުން
ނަންބަރު: (IUL)247-CA/247/2023/111
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 15:19
ސުންގަޑި: 24 ސެޕްޓެންބަރު 2023 13:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ ހޯރަފުށީ ބަނދަރު ސަރަޙައްދުން ވިޔަފާރި ކުރުމަށް ބިން ދޫކުރުން

އިޢުލާން

ހއ ހޯރަފުށީ ބަނދަރު ސަރަޙައްދުން ވިޔަފާރި ކުރުމަށް 05 ބިމެއް 20 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ 4 ވަނަ ދައުރުގެ 2023/38 ވަނަ ޢާއްމު ޖަލްސާއިން ވަނީ ނިންމައިފައެވެ.

   ބަނދަރުން ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ދާއިރާ (ކެޓަގަރީ) ތަކުގެ ވިޔަފާރި ކުރުމަށެވެ. ބިންތަކުގެ ލޮކޭޝަން އަދި ބޮޑުމިން އެނގޭނެ ޗާޓެއް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

#

ދާއިރާތައް

ބިމުގެބޮޑުމިން (އަކަފޫޓް)

ބީލަން ފެށޭ އަގު

1

ހޯލްސޭލް / ރީޓެއިލް (މިކްސްޑް ވިޔަފާރި)

2267.9

އަކަފޫޓަކަށް 100 ލާރި

2

ސުޕަރމާކެޓް (މިކްސްޑް ވިޔަފާރި)

2267.9

3

ހާރޑްވެއަރ / ފަރުނީޗަރު

2267.9

4

ސުޕަރމާކެޓް (މިކްސްޑް ވިޔަފާރި)

2038.7

5

ކެފޭ / ރެސްޓޯރަންޓް

2038.7

               ވީމާ، މަތީގައި ދަންނަވައިފައިވާ ބިންތައް ކުއްޔަށް ހިއްޕެވުމަށް ޝައުޤްވެރިވެ ލައްވާ ފަރާތްތަކުން މި ކައުންސިލް އިދާރާއިން ބީލަންފޮތް ބައްލަވައިގަތުމަށްފަހު، 24 ސެޕްޓެންބަރު 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން ދޫކުރާ ބީލަންފޮތް ބައްލަވައިގަތުމަށް 21 ސެޕްޓެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން procurement@hoarafushi.gov.mv އަށް ވިޔަފާރީގެ ނަން ނުވަތަ ބައްލަވައިގަންނަވާ ފަރާތުގެ ނަން، ރަޖިސްޓްރީ ނަންބަރު ނުވަތަ އައިޑީކާޑު ނަންބަރު، އެދޭ ފަރާތުގެ ނަން އަދި ގުޅޭނެ ނަންބަރު މެއިލް ކުރެއްވުމުން އެފަރާތަކަށް ބީލަންފޮތް ބައްލަވައިގަތުމުގެ އިންތިޒާމްތައް ކައުންސިލުން ހަމަޖައްސައިދެވޭނެއެވެ. ބީލަން ފޮތެއްގެ އަގަކީ -/100 (ސަތޭކަ ރުފިޔާ) އެވެ. ބީލަންފޮތް ދޫކުރުމުގެ ސުންގަޑީގެ ކުރިން މެއިލް ކުރައްވާ، ބީލަން ފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކުގެ ބިޑްތައް ބަލައި ނުގަނެވޭނެއެވެ. ކޮންމެ ބިމަކަށް ވަކި ފޯމެއް ބައްލަވައި ގަންނަން ވާނެއެވެ. އެއް ފަރާތަކަށް ބިޑު ހުށަހެޅޭނީ ނުވަތަ ބިޑްކުރެވޭނީ ގިނަވެގެން 2 (ދޭއް) ބިމަށެވެ. ނަމަވެސް ބިޑްހުށަހަޅަން އަންނަ ފަރާތަކަށް ބިޑް ޑޮކިއުމެންޓްގައި ވާގޮތަށް އެކަކަށް ވުރެ ގިނަ ބިޑް ހުށަހެޅުމަށްޓަކައި ޙާޟިރުވެ ބިޑް ހުށަހެޅިދާނެއެވެ.

               އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް procurement@hoarafushi.gov.mv  ނުވަތަ 6500012 އަށް ގުޅުއްވުން އެދެމެވެ.

               21 ޞަފަރު 1445

 

06 ސެޕްޓެންބަރު 2023