ޢާންމު މަޢުލޫމާތު
ނަންބަރު: U2MC-A/2023/10
ޕަބްލިޝްކުރި ތާރީޚް: 13 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:44
ސުންގަޑި:
21 ސެޕްޓެންބަރު 2023 13:15
އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިކޯޓުގެ ޢިމާރާތުގެ ބޭރު ފާރު ތަކާއި، އަސްކެނި ސީލިންގ އާއި، ވަށާފާރު ތަކާއި، ގަސް އިންދާ ޕާރކު ތަކުގެ ފާރު ތަކާއި، ވޯކުވޭ އަދި، ޕޯޓިކޯ ޝީޓާއި، ތަނބު ތަކުގެ ކުލަ އައުކުރުމުގެ މަސައްކަތް
އިޢުލާން
. އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
- މި ކޯޓުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިކޯޓު ޢިމާރާތުގެ ބޭރު ފާރު ތަކާއި، އަސްކެނި ސީލިންގ އާއި، ވަށާފާރު ތަކާއި، ގަސް އިންދާ ޕާރކު ތަކުގެ ފާރު ތަކާއި، ވޯކުވޭ އަދި، ޕޯޓިކޯ ޝީޓާއި، ތަނބު ތަކުގެ ކުލަ އައުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމެންޓުގައި ރަޖިސްޓްރީކޮށްފައިވާ، ވިޔަފާރިތަކަށެވެ.
- އަންދާސީ ހިސާބު ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ، 19 ސެޕްޓެމްބަރ 2023، އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ، info@aa-rasdhoo.court.gov.mv އަށް "ބިޑް ރަޖިސްޓްރޭޝަން ފޯމް" ހުށަހަޅުއްވައި ރަޖިސްޓްރީވުމަށް އެދެމެވެ. "ބިޑް ރަޖިސްޓްރޭޝަން ފޯމް" އިޢުލާނާ އެޓޭޗްކޮށްފައިވާނެއެވެ. އަދި މިކޯޓުގެ ކައުންޓަރުންވެސް ފޯމް ލިބިވަޑައިގަންނަވާނެއެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް، ބިޑް ޑޮކިއުމަންޓް ދޫކުރަމުން ގެންދާނެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން، 20 ސެޕްޓެމްބަރ 2023، ބުދަ ދުވަހުގެ 14:00 ގެ ކުރިން، info@aa-rasdhoo.court.gov.mv އަށް މެއިލް ކުރައްވައި، ނުވަތަ 6660035 ނަމްބަރ ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މިކަމާ ގުޅިގެން ދޫކުރެވޭ އެންމެހާ މަޢުލޫމާތު ހޯއްދެވުމަކީ، މަސައްކަތަށް ކުރިމަތިލައްވާ ފަރާތުގެ ޒިންމާއެކެވެ.
- އަންދާސީ ހިސާބު ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ، 21 ސެޕްޓެމްބަރ 2023، ބުރާސްފަތި ދުވަހުގެ 13:00 އެވެ. މި ތާރީޚުުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.
- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 21 ސެޕްޓެމްބަރ 2012، ބުރާސްފަތި ދުވަހުގެ 13:15 ގައި، މިކޯޓުގެ މީޑިއޭޝަން ރޫމްގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި، އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްޞީލް މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
- އަދި، މި އިޢުލާނާއި ގުޅިގެން މިމަސައްކަތް ކުރުމަށް މިކޯޓުން ކުރިން ކޮށްފައިވާ ނަމްބަރ: U2MC-A/2023/09 (22 އޯގަސްޓް 2023) އިޢުލާން ވަނީ ބާޠިލްކުރެވިފައެވެ. ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 ޞަފަރު 1445
13 ސެޕްޓެންބަރު 2023