ބީލަން
ނަންބަރު: A-381/IUL/2023/64
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 26 ސެޕްޓެންބަރު 2023 11:30
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ. ކުޑަހުވަދޫ ޕްރީސްކޫލު ހިންގި އިމާރާތް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުން

އިޢުލާން

ދ. ކުޑަހުވަދޫ ޕްރީސްކޫލު ހިންގި އިމާރާތް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުން

           މި އިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް ދ. ކުޑަހުވަދޫ ޕްރީސްކޫލު ހިންގި އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިދީފައިވާ މަޢުލޫމާތާއެއްގޮތަށް އަމަލުކުރެއްވުމަށް ދަންނަވަމެވެ.

1-      މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.

2-      ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2023/09/19 އިން 2023/09/26 އަށް ބަންދުނޫން ކޮންމެދުވަހެއްގެ 9:00 އިން 11:30 އަށް މިއިދާރާއަށް ދުރުވެ ބީލަން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރާނީ މިއިދާރާއަށް ވަޑައިގެން އެކަމަށްއެދޭ ފޯމުންނެވެ. އަދި ރަށުން ބޭރުގެ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވޭނެއެވެ. އޮންލައިންކޮށް ފައިސާ ދައްކަވާނަމަ، މި އިދާރާގެ އެކައުންޓަށް ޓްރާންފަރ ކުރެވޭނެއެވެ. އަދި ޓްރާންސްފަރ ކުރި ސްލިޕް ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.

3-      މި މަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރު 2014/ 19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

4-      ބީލަމުގައި ރަޖިސްޓްރީވުމުގެ ފީއަކީ 150.00 ރުފިޔާ.

5-      ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 2023 އޮކްޓޯބަރ 05 ވަނަދުވަހުގެ 10:00 އެވެ. ގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައެއްނުގަނެވޭނެ. އަދި ބީލަންތައް ހުށަހަހެޅުންއޮންނާނީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައެވެ

6-      ބީލަންތައް ހުޅުވުން އޮންނާނީ 2023 އޮކްޓޯބަރ 05 ވަނަދުވަހުގެ 10:00 ގައި ހުށަހަޅާ ފަރާތްތަކުގެ ހާޟިރުގައެވެ.

7-      ބީލަމާގުޅޭ އެންމެހާ ލިޔެކިޔުންތައް ބީލަމަށް ރަޖިސްޓްރީ ކުރުމުން ލިބިވަޑައި ގަންވާނެއެވެ. އަދި ބޭނުންފުޅުވެލައްވާ ފަރާތްތަކަށް މެއިލްކުރެވިދާނެއެވެ.

 

 - ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ

- އެކައުންޓް ނަންބަރު: 7730000135156

- އެކައުންޓް ނަން: 1430 Revenue 1

   - ފޯން: 6761003/9925926

     - އީމެއިލް: admin@kudahuvadhoo.gov.mv 

 

     ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.     

18 ސެޕްޓެންބަރު 2023