ދިވެހިރާއްޖެ
ގެސްޓްހައުސް ވިޔަފާރި ކުރުމަށް ކުރީގެ ބައު ޞިއްޙީމަރުކަޒު ޢިމާރާތް ކުއްޔަށްދޫކުރުން
- ގެސްޓްހައުސްގެ ވިޔަފާރި ކުރުމަށް ކުރީގެ ބައު ޞިއްޙީމަރުކަޒު ޢިމާރާތް ގޯއްޗާއި އެކު ކުއްޔަށް ދިނުމަށް ކައުންސިލުން ނިއްމަވާފައިވާތީ ،މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މި ބިޑް ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ނަންބަރު ( ޤާނޫނު ނަންބަރު 18/2014 ) ގެދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ( ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
- މި ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 05 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވާން ވާނެއެވެ.
- މިބީލަމުގެ ރަޖިސްޓްރީ ވުމުގެ ފީއަކީ 2000.00ރ ( ދެހާސް ރުފިޔާ ) އެވެ.
- ރަޖިސްޓްރޭޝަން ފީ ޖަމާކުރައްވާނީ މިއިދާރާގެ އަންނަނިވި އެކައުންޓަށެވެ.
- ބޭންކް އެކައުންޓްގެ ނަން: 1432 ރެވެނިއު 01
- އެކައުންޓްނަންބަރު: 7725700329001
6. ބީލަމުގައި ރަޖިސްޓްރީވެވޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް އެދި info@buruni.gov.mv އަށް މެއިލް ކުރުމުންނެވެ. މި އީމެއިލްގައ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ފައިސާ ދެއްކިކަމުގެ ސްލިޕް އެޓޭޗް ކުރެވިފައި އިންނަންވާނެ އެވެ.
7. ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަންފޮތް ދޫކުރެވޭނެއެވެ.
8. ބީލަމުގައި ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ މިކަމަށް އެދި ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
9. ބިޑްހުށަހެޅުމަށް ބައިވެރިވެވޭނީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
10. ބަދަލުގައި އެހެން ފަރާތަކުން ބިޑްހުށަހެޅުމަށް ވަޑައިގަންނަވާނަމަ، ބިޑްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތުގެ ސިޓީއެއް އޮންނަންވާނެއެވެ.
11. ބިޑްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބިޑަށް ދެވިފައިވާ ނަން، އަދި ބިޑް ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
12. އިތުރު މަޢުލޫމާތު ތިރީގައިވާ ފޯން އަދި އީމެއިލް މެދުވެރިކޮށް ހޯއްދެވުމަށް ދަންނަވަމެވެ.
- ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ / ރޯޝަނީމަގު، ތ. ބުރުނި ، ދިވެހިރާއްޖެ
- ފޯން: 6780038
- އީމެއިލް: info@buruni.gov.mv
ވީމާ، މިކަން އެންގުމަށް އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
09 ރަބީޢުލްޢައްވަލް 1445